އިންޑިއާއިން ނަގައިފައިވާ ދަރަންޏަށް ލުއި ދިނުމާ ގުޅޭގޮތުން ރާއްޖެއާއި އިންޑިއާ ދެމެދު މަޝްވަރާކޮށްފިއެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ އިއްޔެ އިންޑިއާއަށް ވަޑައިގެންފައެވެ. އަދި ވަނީ އިއްޔެ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރުއާ ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުމުގެ ކަންކަމާ ގުޅޭގޮތުން އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއެއްގައި ޒަމީރު ވިދާޅުވީ ކުރީ ސަރުކާރު ވެރިކަމާ ހަވާލުވީއިރު ރާއްޖޭގެ ދަރަންޏަކީ 60 ބިލިއަން ރުފިޔާގައި ކަމަށްވީ ނަމަވެސް އެ ވެރިކަން ނިމުނުއިރު ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
”އޭގެ ތެރެއިން ބޮޑު ބައެއް ދައްކަން ޖެހެނީ އިންޑިއާއަށް، އެހެންވެ، ދަރަންޏަށް ލުއިދިނުމާ ގުޅޭ ގޮތުން އެ މަޝްވަރާ ކުރަން ޖެހުނު،“ ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ އިންޑިއާއަކީ 1965 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއް ކަމަށެވެ. އިންޑިއާއިން މިހާރު ވެސް ދަނީ ރާއްޖޭގައި ޕްރޮޖެކްޓުތައް ހިންގަމުން ކަމަށާއި އެ ޕްރޮޖެކްޓްތަކުގެ މަސައްކަތް އަވަސް ކުރުމާ ގުޅޭ ގޮތުން ވެސް ދެގައުމުގެ މެދުގައި ވަނީ މަޝްވަރާ ކޮށްފައި ކަމަށް ޒަމީރު ވިދާޅުވިއެވެ.
”އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުން ތަރައްގީ ވަމުން އަންނަ ގައުމަކަށް ރާއްޖެ ބަދަލުވުމުގައި އިންޑިއާގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބުނު“ ޒަމީރު ވިދާޅުވިއެވެ.
އިންޑިއާގެ ޓޫރިސްޓުންނަކީ ރާއްޖޭގެ އިގްތިސޯދަށް މުހިންމު ބައެއްކަން ފާހަގަކުރައްވާ ޒަމީރު ވިދާޅުވީ ތިން ޑެޕިއުޓީ މިނިސްޓަރެއްގެ ހިޔާލަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ.
ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ”ޕްރޯ މޯލްޑިވްސް“ ކަމަށާއި ރާއްޖެއިން، އިންޑިއާ އަދި ޗައިނާއެކު ވެސް އެކުވެރިކަން ބަހައްޓާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ގުޅުންހުރި
ވިލުފުށި އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފި، ރައީސް ވައުދުވީ 30 މަސް
މިމަހު އަނބުރާ ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުން އިންޑިއާއިން
ލޯނު ދެއްކުމަށް ކަނޑައެޅި ބަޖެޓު ހުސްވެ، އިތުރަށް ހަރަދުކޮށްފި
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ހަމްދޫން ހަމީދު އައްޔަނުކޮށްފި
މިއަހަރުގެ މިހާތަނަށް ތިން ލޯނަކަށް 1.3 ބިލިއަން ރުފިޔާ ނަގައިފި
އަޅުގަނޑު އިންޑިއާ އައުޓް ޓީޝާޓް ލީ ފޮޓޯއެއް ނުހުންނާނެ: ހަލީލް