މުދަލަށް ގެއްލުންދީ މީހަކަށް ބިރު ދެއްކި މައްސަލައެއްގައި ހައްޔަރުކުރި ދިވެއްސަކަށް، ދިވެހި ނޭނގޭތީ ތަރުޖަމާނަކު ހޯދަން ކްރިމިނަލް ކޯޓުން ފުލުހުންނަށް އަންގައިފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ވަނީ ހާޒިރުކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ވަނީ އެ މީހާގެ ބަންދަށް އެއް ދުވަސް ޖަހައިފަ އެވެ.
ކޯޓުގައި ވާހަކަދައްކަން ލިބުނު ފުރުސަތުގައި އެ މީހާ ބުނީ އޭނާއަށް ދިވެހި ބަހުން ވާހަކަދައްކަން ނޭނގޭ ކަމަށެވެ. އެހެންވެ ކޯޓުން ވަނީ އޭނާއަށް ތަރުޖަމާނަކު ހޯދަން އަންގައިފަ އެވެ.
އެ މީހާއަކީ އެކި ކުށްތަކުގެ މައްސަލައިގައި ފުލުހުން މީގެ ކުރިންވެސް ހައްޔަރުކޮށްފައިވާ މީހެކެވެ.



