ތިންމަސް ތެރޭގައި ގޯތި ހަވާލުކުރުމަށް ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު، ތަސްދީގު ނުކުރައްވައި އެ ބިލު، އަލުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ ބިމާ ބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ބިލާ މެދު އަލުން ވިސްނާވަޑައިގަތުމަށް، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގައި ރައީސް އެދިވަޑައިގެން، އެ މި ބިލު ތަސްތީގުނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާފައިވަނީ މިއަދު ކަމަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި އެ ބިލު މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ.
މީކާއިލް އެ ބިލުގައި ވިދާޅުވެފައިވަނީ އެ ބިލު ހުށަހެޅުމުގެ މަގުސަދަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ”ބިންވެރިޔާ“ ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް ދޫކުރި ގޯތިތަކުގެ ދާއިމީ ލިސްޓު އާންމުކުރިތާ އެތައް ދުވަހެއްވީ ނަމަވެސް، މި ސަރުކާރުން އެ ގޯތިތައް ހަވާލުނުކުރާތީ ކަމަށެވެ.
ބިލުގައިވާ ގޮތުން ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިއުކުރާތާ ތިން މަސްދުވަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރަން ޖެހެ އެވެ. މިހާތަނަށް ސަރުކާރުން ހަވާލުކޮށްފައި ނުވާ ގޯތިތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭނެ ކަމަށް މީކާއިލް ވަނީ ބިލުގައި ބަޔާންކޮށްފައެވެ.
ރައީސް ސޯލިހުގެ ސަރުކާރުން ބިންވެރިޔާ ގޯތިތަކުގެ ދާއިމީ ލިސްޓު އާންމުކުރީ އޮގަސްޓު 13، 2023 ގަ އެވެ. މީކާއިލް ބިލު ހުށަހަޅާފައި ވަނީ އޭގެ ހަ މަސްދުވަސް ފަހުން މި އަހަރު ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ގުޅުންހުރި
މަޑިވަރު ފިނޮޅު ހިމާޔަތްކޮށް، ރަސްދޫ ރައްޔިތުންނަށް ފައިދާވާ ގޮތަށް ތަރައްގީކޮށްދޭނަން: ރައީސް
ފެބްރުއަރީ މަހު ތޮއްޑޫގައި ސީޕްލޭންގެ ހިދުމަތް ފަށަނީ
އަންނަ އަހަރު ކުރީކޮޅު ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓު އަޅައިދިނުމުގެ މަސައްކަތް
ދައުލަތުގެ އާމްދަނީން މީޑިއާތަކަށް 0.1 ޕަސެންޓް ދޭން އިއުލާންކޮށްފި
މިއަދާ ހަމަޔަށް އޮތީ ދިއުޅި ދިގު ނިޒާމެއް ކަމަށް، އެކަން ބަދަލުކުރީ
ކައުންސިލްތަކުގެ ބާރު ހަނިކުރުމަށް ގާސިމް ތާއިދު ކުރައްވައިފި