ރާއްޖެއާއި އިންޑިއާގެ ދެމެދުގައި އުފެދިފައިވާ ސިޔާސީ ހިޔާލުތަފާތުވުންތައް ހައްލުވެ، ދެގައުމުގެ ގުޅުން އަލުން ރަނގަޅުވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
ޖައިޝަންކަރު އެގޮތަށް ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ ވިޔަފާރީގެ ފޯރަމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޖައިޝަންކަރު ވިދާޅުވީ ރާއްޖެއާ ގުޅުން ގޯސް ކަމަށް ވިޔަސް އިންޑިއާއިން ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކުގެ މަސައްކަތް ބަރާބަރަށް ކުރިއަށްދާ ކަމަށެވެ. ދެގައުމުގެ މެދުގައި އުފެދިފައިވާ ސިޔާސީ ހިޔާލުތަފާތުވުންތައް ހައްލު ހޯދޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ. ވަރަށް ފަހުން ވެސް ވަނީ ދެގައުމުގެ ގުޅުން އިތުރަށް ރަނގަޅު ކުރުމާ ގުޅޭގޮތުން މަޝްވަރާގެ ބައްދަލުވުންތަކެއް ބާއްވަފައިފައި ކަމަށެވެ.
ޖައިޝަންކަރު އެ ވިދާޅުވާ މަޝްވަރާގެ ބައްދަލުވުމަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއެކު މިމަހުގެ ނުވަވަނަ ދުވަހު ބޭއްވި ބައްދަލުވުމުގެ ވާހަކައެވެ.
އެ ބައްދަލުވުމަށްފަހު ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއާއެކު ގުޅުން ބަދަހިކުރަން އިންޑިއާ އިން ބޭނުންވާ ކަމަށެވެ.




ގުޅުންހުރި
ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދޭ އެއްބާރުލުމުގެ އަގުވަޒަންކުރަން: ރައީސް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
މިމަހު އަނބުރާ ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުން އިންޑިއާއިން
އަޅުގަނޑު އިންޑިއާ އައުޓް ޓީޝާޓް ލީ ފޮޓޯއެއް ނުހުންނާނެ: ހަލީލް
ރާއްޖެއަށް އެހީ ހޯދަން ފޮރިން މިނިސްޓަރު ހަލީލު ކުވޭތަށް ވަޑައިގެންފި
އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކުން ދެވަނަ ފަހަރަށް