އެތެރޭގެ އުދުހުންތަކުގައިވެސް އަތްދަބަހުގައި ދެން އުފުލޭނީ 100 އެމްއެލްގެ ދިޔާތަކެތި ކަމަށް ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީގެ ރެގިއުލޭޓަރު، ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ދާސާ) އިން ކަނޑައަޅައިފި އެވެ.
މީގެ ކުރިން ނަމަ، އެތެރޭގެ އުދުހުންތަކުގައި ގެންދާ އަތްދަބަހުގައި ކިތަންމެ ބައިވަރެއްގެ ދިޔާތަކެއްޗެއްވެސް އުފުލެ އެވެ.
ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ދާސާ އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން އަތްދަބަހުގައި ދިޔާތަކެތި ގެންދެވޭނީ 100 އެމްއެލްއަށް ވުރެ ކުޑަ ކޮންޓެއިނަރު ކަމަށެވެ. އަދި ކޮންމެ ފަސިންޖަރަކަށް ގެންދެވޭނީ ގިނަވެގެން 100 އެމްއެލްގެ 10 ކޮންޓެއިނަރު ކަމަށްވެސް ބުންޏެވެ.
ނަމަވެސް ދަތުރުމަތީގައި ބޭނުންވާ ވަރަށް ކުޑަކުދިންގެ ދިޔާ ކާނާ އަދި ޑޮކްޓަރީ ބޭސް ގެންދެވޭނެ ކަމަށް ބުނެފައިވެ އެވެ.
ދާސާގެ ޕޯސްޓުގައި އެގޮތަށް އަމަލުކުރަން ފަށަން ނިންމާފައިވާ ތާރީހެއް އަދި އެއީ އެތެރޭގެ އުދުހުންތަކުގައި އަމަލުކުރަން ނިންމާފައިވާ އާ އުސޫލެއް ކަމަށްވެސް ނުބުނެ އެވެ.
ނަމަވެސް މާދަމާ އިން ފެށިގެން އެ އުސޫލަށް އަމަލުކުރަން ޑޮމެސްޓިކް އެއާލައިންތަކަށް އަންގާފައިވާކަން ”ހަފްތާ“ އަށް ވަނީ އެނގިފަ އެވެ.




ގުޅުންހުރި
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
އިންކަމް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި
އަގު ވެއްޓޭ ކަމަށްބުނެ ވިޒިޓް މޯލްޑިވްސް އެމްބެސެޑަރުކަމުން ”ޓޫއޮފްއަސް“ ސަސްޕެންޑުކޮށްފި
މިހާތަނަށް 35،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ސުޖާތާ އިސްތިއުފާ ދެއްވައިފި
ރައީސްގެ މޭޔަރާއި ކައުންސިލް ހޮވީމައި މެނިފެސްޓޯގައިވާ ހުރިހާ ކަމެއް ޝައްކެއް ނެތި