ހުޅުމާލޭގައި ބިދޭސީއަކު ދިވެއްސަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންސިމޫ މަގުގައި މިއަދު ހަވީރު ދިން އެ ހަމަލާގައި ޒަހަމް ކޮށްލާފައިވަނީ މެދުއުމުރުގެ މީހެކެވެ. އޭނާގެ އަތަށް ހަމަލާ އަމާޒުވި އިރު، ހުޅުމާލެ ހޮސްޕިޓަލުން އޭނާއަށް ވަނީ ފަރުވާދީފަ އެވެ.
އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ކަށަވަރުކޮށްދެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހަމަލާ ދިނީ އިންޑިއާ މީހެކެވެ. އޭނާ ވަނީ ފުލުހުން ހައްޔަރުވެސް ކޮށްފަ އެވެ.



