ބައިނަލްއަގުވާމީ މާކެޓުގައި އުފައްދާ ނުރައްކާތެރި ޑުރަގުގެ ބާވަތެއް ކަމަށްވާ ”ފެންޓަނީލް-ލޭސްޑް ޑްރަގްސް“ ނުވަތަ އާންމުނަމުން ނަމަ، ”ޗައިނާ ވައިޓް“ ދައުރުވަމުންދާ މިންވަރު އިތުރުވެފައިވާތީ އެކަމަށް ސަމާލުކަން ދިނުމަށް ހޯމް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
”ޗައިނާ ވައިޓް“ އަކީ ބާރުގަދަ ކެމިކަލްތަކެއް އެއްކޮށްގެން އުފައްދައި، ހެރޮއިން އަށްވުރެ މާނުރައްކާތެރި ޑުރަގެކެވެ. އެ ޑުރަގް ބޭނުން ކުރުމުގެ ސަބަބުން އޯވަޑޯސް ވެގެން އެތައް ބަޔަކު މަރުވެސް ވެފައިވެ އެވެ.
ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޗައިނާ ވައިޓް ދައުރުވަމުންދާ މިންވަރު އިތުރުވެފައިވާތީ އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް އެ މިނިސްޓްރީއާއި ނޭޝަނަލް ޑްރަގް އެޖެންސީ އަދި އެކަމާ ގުޅުން ހުރި އެންމެހާ މުއައްސަސާތައް ގުޅިގެން ކުރަމުންދާ ކަމަށެވެ.
އެންޑީއޭގެ އޮފިޝަލަކު ”ހަފްތާ“ އަށް ވިދާޅުވި ގޮތުގައި، ރާއްޖެ އިން ސީދާ ޗައިނާ ވައިޓް ފެނިފައި ނުވި ނަމަވެސް، އެއާ އެހެން ބާވަތްތަކުގެ ޑުރަގް ގަނޑުބަނޑު ކޮށްގެން ބޭނުން ކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ގަނޑުބަނޑު ކުރަނީ ރާއްޖޭގައި ކަމެއް ނުވަތަ ރާއްޖެ ގެންނަނީ ގަނޑުބަނޑު ކޮށްގެން ކަމެއް އަދި ނޭނގޭ ކަމަށްވެސް ވިދާޅުވި އެވެ.




ގުޅުންހުރި
އަގު ވެއްޓޭ ކަމަށްބުނެ ވިޒިޓް މޯލްޑިވްސް އެމްބެސެޑަރުކަމުން ”ޓޫއޮފްއަސް“ ސަސްޕެންޑުކޮށްފި
މިހާތަނަށް 35،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ސުޖާތާ އިސްތިއުފާ ދެއްވައިފި
ރައީސްގެ މޭޔަރާއި ކައުންސިލް ހޮވީމައި މެނިފެސްޓޯގައިވާ ހުރިހާ ކަމެއް ޝައްކެއް ނެތި
ކުޑަކުއްޖަކު ލައްވައި މަސްތުވާތަކެތި އުފުލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ސަރުކާރު މުވައްޒަފުންނަށް މިމަހުގެ 12 ގައި ރޯދަ އިނާޔަތް ދެނީ