ވިއެޓްނާމުގެ ވެރިރަށް ހަނޯއީގައި ހުންނަ އެޕާޓްމަންޓް ބްލޮކެއްގައި އަލިފާން ރޯވެ، 14 މީހުން މަރުވެއްޖެ އެވެ.
ވިއެޓްނާމުގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ އަލް ޖަޒީރާގައި ބުނެފައިވަނީ ފަސް ބުރިއަށް ހަދާފައިވާ އެ ބްލޮކުގައި އަލިފާން ރޯވީ ރޭ ފަތިހު ކަމަށެވެ. އަދި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި، ގޮވުންތަކެއް ގޮވި ކަމަށްވެސް ބުނެފައިވެ އެވެ.
ވިއެޓްނާމުގެ ސަރުކާރުން ހިންގާ ވީއެންއެކްސްޕްރެސް ނޫހުގައި ބުނެފައިވާ ގޮތުން، އަލިފާން ރޯވި އިމާރާތުގެ ދެ ބްލޮކް ދޭތެރޭގައި އިލެކްޓްރިކް ބައިސްކަލު ވިއްކާ މަރާމާތު ކުރާ ކޯޓްޔާޑެއް އޮންނަ ކަމަށާއި ފުރަތަމަ އަލިފާން ރޯވީ އެތަނުގައި ކަމަށް ބެލެވޭ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަލިފާން ރޯވި ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން ތަހުގީގު ވަނީ ފަށައިފަ އެވެ. އަދި ހާދިސާގައި މަރުވީ ކިތައް މީހުންކަމާއި އެއީ ކޮން ބައެއްކަން ދެނެގަތުމުގެ މަސައްކަތް ވަނީ ކުރަމުންނެވެ.
ވިއެޓްނާމްގެ ގިނަ ބަޔަކު ތޮއްޖެހިގެން އުޅޭ އާބަން ސެންޓަރުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގުމަކީ އާންމު ނުރައްކަލެކެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް ހަނޯއީގައި ހުންނަ އެޕާޓްމަންޓް ބްލޮކެއްގައި ރޯވެ 56 މީހުން މަރުވެފައިވެ އެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުއްޖަކުވެސް ހިމެނެ އެވެ.
ވިއެޓްނާމްގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2017 އިން 2022 ވަނަ އަހަރާ ދެމެދު 17،000 ގެއެއްގައި އަލިފާން ރޯވެފައިވެ އެވެ. އެ ހާދިސާތަކުގައި 433 މީހަކު ވަނީ މަރުވެފަ އެވެ.

ގުޅުންހުރި
އިންޑިއާ މީހަކު އޭނާގެ 65 އަހަރުގެ މަންމަ ދެ ފަހަރަށް ރޭޕްކޮށްފި
ޕާކިސްތާނުގައި ފެންބޮޑުވެ 48 ގަޑިއިރު ތެރޭ 344 މީހުން މަރުވެއްޖެ
ޣައްޒާގެ ރައްޔިތުންނަށް އިންޑޮނޭޝިއާގެ ފަޅު ރަށެއްގައި މެޑިކަލް ފެސިލިޓީއެއް ހަދަނީ
އިޒްރޭލުން ގޭސް ގަންނަން މިސްރުން އެއްބަސްވެއްޖެ، އަގު 35 ބިލިއަން ޑޮލަރު!
ޖަރުމަނުން އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލަން ނިންމައިފި
އިޒްރޭލަށް ޖާސޫސު ކޮށްދިން އީރާނުގެ ސައިންޓިސްޓަކަށް މަރުގެ އަދަބު ދީފި