ޖުލައި 4, 2024

ގައުމީ ފެންވަރުގައި އީދު ފާހަގަ ކުރާނީ ކުޑަހުވަދޫ، އުނގޫފާރު، އަދި ވިލިނގިލީގައި

މިނިސްޓްރީ އޮފް ދިވެހި ލޭންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖުން މި އަހަރުގެ ބޮޑު އީދު ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ރަށްތައް ކަނޑައަޅައިފިއެވެ.

މިނިސްޓްރީން މިއަދު ބުނީ އެކި ރަށްރަށުން ހުށަހެޅި ޕްރޮޕޯޒަލްތަކަށް ބެލުމަށްފަހު ގައުމީ ފެންވަރުގައި އީދު ފާހަގަކުރުމަށް ނިންމާފައިވަނީ ރ. އުނގޫފާރާއި ދ. ކުޑަހުވަދޫގެ އިތުރުން ގއ. ވިލިނގިލީގައި ކަމަށެވެ.

ރަށްތައް ކަނޑައެޅުމުގައި ވަނީ އެ ރަށަކުން އީދުގައި ކުޅޭނެ ކުޅިވަރުތަކާއި ކައުންސިލުން އެކަމަށް ކުރާނެ ހަރަދުތަކާއި އަގަކާ ނުލައި އެ ރަށަކުން ކުރާނެ ކަންތައްތަކަށް ބަަލައިފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި ރަށްތައް ކަނޑައެޅުމުގައި ރާއްޖޭގެ އުތުރާއި މެދުން އަދި ދެކުނުގެ ކޮންމެ ހިސާބަކުން އެއް ރަށުގައި އީދު ފާހަގަކުރުމަށް އިސްކަން ދީފައިވާނެ ކަމަށެވެ.

 ބޮޑު އީދު ދުވަހަކީ ޖޫން 17 އެވެ. ހައްޖު ދުވަހާއި އީދު ދުވަހާ އެކު، ޖޫން 16 އިން ފެށިގެން ޖޫން 22 އާ ހަމައަށް ސަރުކާރު ބަންދުވާނެއެވެ. ހައްޖު ދުވަހަކީ ޖޫން 16 އެވެ.