ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ސިޔާމް ކަމަށް ހަމަޖެހިއްޖެ އެވެ.
މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރާނީ ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުން ހުވާކުރުމަށް އަންނަ އަންގާރަ ދުވަހު ބާއްވާ މަޖިލީހުގެ ހާއްސަ ޖަލްސާގަ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ރައީސާއި ނައިބު ރައީސް އިންތިހާބު ކުރެވެންދެން މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހެނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބަވާ މެމްބަރުންގެ ތެރެއިން މަޖިލީހުގެ މެމްބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރެވެ.
އެގޮތުން ސިޔާމް ވަނީ މިހާތަނަށް މެދުނުކެނޑި ހަތަރު ދައުރު މަޖިލީހުގެ މެންބަރުކަން ކުރައްވައިފަ އެވެ. އެއީ 20 އަހަރެވެ. އަދި މިފަހަރަކީ މިއީ ސިޔާމް މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ފަސްވަނަ ފަހަރެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ އަތުގަ އެވެ. އެ ޕާޓީއަށް ނިސްބަތްވާ 79 މެންބަރުން އާ މަޖިލީހުގައި ތިއްބަވާނެ އެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ކާމިޔާބު ކުރެވިފައިވަނީ 12 ގޮނޑި އެވެ.

ގުޅުންހުރި
އެއް ކުއްޖަކު ނުވަތަ ދެ ކުދިންނަށްވުރެ އިތުރަށް ދަރިން ނުހޯދުން ފެޝަނަކަށް
ފިރިހެނަކު ފިރިހެނަކަށް ވަނީ 65 އަހަރު ފުރުމުން: އިބްރާހިމް ހުސެއިން
އެއް ދުވަހު އިތުބާރު ނުކުރެވޭ ވެރިއަކަށް އަނެއް ދުވަހު އިތުބާރު ކުރެވިދާނެ,
މުޒާހަރާތަކަށް ނުކުމެ, ފުލުހުންނާ ކުރިމަތިލާ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލެންޖެހޭ: ފަލާހު
މީޑިއާ ބިލު ފާސްކުރުމުން ހާމަވަނީ ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އިހުތިރާމް ނުކުރާކަން:
ލަންކާގެ ނޫސްވެރިން ރާއްޖޭގެ ހައި ކޮމިޝަން ކުރިމަތީ މުޒާހަރާ ކުރަން ނިންމައިފި