މާލެ ސިޓީ ކައުންސިލް ބެލުމުގެ ދަށުގައި ހުރި މިސްކިތްތަކުގެ ފޮޅާ ސާފުކުރުމުގެ މަސައްކަތް ދިވެހިންނާ ހަވާލުކޮށްފި އެވެ.
މާލޭ ސަރަހައްދުގައި ހުންނަ ސިޓީ ކައުންސިލްގެ ދަށުގައިވާ މިސްކިތްތައް ފޮޅާސާފުކުރުމުގެ މަސައްކަތް މީގެ ކުރިން ކުރަނީ ބިދޭސީންނެވެ. އެހެންވެ ސިޓީ ކައުންސިލުން ވަނީ އެ ވަޒީފާއަށް ދިވެހިން ހޯދުމަށް ނިންމައި ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ. ނަމަވެސް އެ މަސައްކަތަށް އެކަށީގެންވާ އަދަދަކަށް މީހުން ލިބުނީ ތިން ފަހަރަށް އިއުލާންކޮށްގެންނެވެ.
ސިޓީ ކައުންސިލުން މިރޭ އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ސިޓީ ކައުންސިލްގެ ދަށުގައި ހުރި 34 މިސްކިތެއްގެ ފޮޅާ ސާފުކުރުމުގެ މަސައްކަތް ދިވެހިންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ މާލޭގެ 22 މިސްކިތެއް، ހުޅުމާލޭގެ 10 މިސްކިތެއް އަދި ވިލިމާލޭގެ ދެ މިސްކިތެއް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މިސްކިތް ފޮޅާ ސާފުކުރާ ދިވެހިންނަށް މުސާރައިގެ ގޮތުގައި 12،000 ރުފިޔާ ލިބޭނެއެވެ.

ގުޅުންހުރި
މާލޭ މަގުތަކުން ވިިއްކާފައިވާ ޕާކިން ސްލޮޓްތައް އުވާލައި، އެ ތަންތަން އާންމުންނަށް
ހުޅުމާލެ ފޭސް 2 ގައި 3،000 މީހުންގެ ޖާގައިގެ 2 މިސްކިތް
މާލޭ މަސްމާރުކޭޓުގެ އިމާރާތުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވަނީ
ހުކުރު ދުވަސްތަކުގެ ހެނދުނު ބައެއް މަގުތަކުގައި އުޅަނދު ނުދުއްވޭ ގޮތް ހަދަނީ
ޝައިހް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރަނީ
އެހެން މަގާމަކަށް ވަޑައިގަތުމަށް މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް އިސްތިއުފާ ދެއްވައިފި