މިއީ އިޒްރޭލުގެ ލީޑަރުން އިންސާފުގެ ކުރިމައްޗަށް ގެނެސް އެމީހުންގެ ކުރި ކުށްތަކަށް އަދަބުދޭންވި ވަގުތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެންޓީގާ އެންޑް ބާބުޑާގައި މިހާރު ކުރިއަށްދާ ހަތަރު ވަނަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ކޮންފަރެންސްގައި ރައީސް ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ ރަފަހަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އައިސީޖޭއިން ކުރި އަމުރަށް ގޮންޖަހާ އިޒްރޭލުން ދަނީ ރަފަހައަށް ހަމަލާތައް ދެމުން ކަމަށެވެ.
”މިއީ އިޒްރޭލުގެ ލީޑަރުން އިންސާފުގެ ކުރިމައްޗަށް ގެންނަންވީ ވަގުތު. އަދި އެ މީހުން ހިންގި ޖަރީމާތައް އަދަބުދޭންވި ވަގުތު“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ސިޑްސްގެ ގައުމުތަކުގެ ލީޑަރުން ވެސް ގޮވާލަން ޖެހޭ ކަމަށެވެ.
އިޒްރޭލުން މިމަހުގެ 7 ގައި ރަފާހަށް ވަދެ، ހަމަލާތައް ދޭން ފެށުމާއި އެކީ ދެކުނު އެފްރިކާއިން ދުނިޔޭގެ ކޯޓަށް ހުށަހެޅި ކުއްލި މައްސަލައިގައި މެއި 21 ވަނަ ދުވަހު އައިސީޖޭން ވަނީ ހަމަލާތައް ހުއްޓާލުމަށް އިޒްރޭލަށް އަމުރުކޮށްފައެވެ.
އެ އަމުރުގައި ބުނެފައިވަނީ ރަފަހުގެ ހާލަތު ގޯސްވެފައިވާ ކަމަށާއި އިސްރާއީލުން ރަފާހުގެ އިތުރުން ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ކަމުގެ ހެއްކެއް ނެތް ކަމަށެވެ. ރަފާހުގެ މީހުން ބޭރު ކުރުމަށް ކުރަމުން އަންނަ މަސައްކަތަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް