ރާއްޖެއަކީ ޓެކްނޮލޮޖީގެ އާ އީޖާދުތައް ބޭނުންކޮށްގެން ތަރައްގީ ހާސިލުކުރުމަށް ދިމާވާ ހުރަސްތައް ނައްތާލަމުންދާ އެކަމުގެ ނަމޫނާ ގައުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެންޓިގާ އެންޑް ބާބިޑާގައި މިހާރު ކުރިއަށްދާ ހަތަރުވަނަ ”އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް“، ސިޑްސް މަހާސިންތާހެ ހަވާސާގައި މިއަދު ބޭއްވި ”ސްމާޓް މޯލްޑިވްސް ޖާނީ ޓުވާޑްސް އަ ޑިޖިޓަލް އިންކްލޫސިވް ކޮމިއުނިޓީ“ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖެފަދަ ޖަޒީރާ ގައުމުތަކަކީ ވަސީލަތްތައް މަދު، އިގްތިސޯދުގެ ޑައިވާސިފައިކަން ކުޑަ، އަދި މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ގައުމުތަކެއް ކަމަށެވެ. އެ ކަންކަމުގެ ސަބަބުން ސަރުކާރުން އެންމެ ބޭނުންވާ ފެންވަރުގެ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށް ނުދެވޭ ކަމަށާއި އަދި ތަރައްގީގެ މަސައްކަތައް ހުރަސް އެޅިގެންދާ ކަމަށެވެ.
”ޑިޖިޓަލް ދުނިޔެއެއްގައި އަޅުގަނޑުމެން އުޅެމުންދާއިރު ޓެކްނޮލޮޖީގެ އެހީގައި އެފަދަ ދަތިތަކުން އަރައިގަތުމަށް މަސައްކަތް ކުރަން ޖެހޭނެ. ޓެކްނޮލޮޖީގެ އާ އިޖާދީތައް ބޭނުން ކޮށްގެން ކުރިއެރުމާއި ފާގަތިކަން ހޯދޭނެ. ރާއްޖެއަކީ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި ނަމޫނާ ގައުމެއް“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކަށް މުވާސަލަތީ ގުޅުންތައް ގާއިމްކުރިއިރު ރާއްޖެ ހިމެނެނީ އެންމެ ފަގީރު ގައުމުތަކުގެ ލިސްޓުގައި ކަމަށެވެ. އަދި ވިދާޅުވީ ޓެކްނޮލޮޖީއާއެކު ހޯދާ ޑިޖިޓަލް ހައްލުތަކުގެ ސަބަބުން މޫސުމީ ބަދަލުތަކުގެ ގެއްލުން ކުޑަކޮށް، ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމު ވެސް ޓެކްނޮލޮޖީ އެހީގައި ތަރައްގީކޮށް، ރާއްޖޭގެ އިގްތިސޯދު ޑައިވާސިފައި ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ މިއަދު ވެބް އެޕްލިކޭޝަނާއި އެކި ޕޯޓަލްތައް ތައާރަފްވެފައިވާއިރު، އަސާސީ ވަރަށް ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ފަސޭހަކަމާއެކު ޓެކްނޮލޮޖީގެ އެހީގައި ފޯރުކޮށްދެވޭ ކަމަށެވެ.

ގުޅުންހުރި
ދުންފަތާ ދެކޮޅަށް ރައީސް ކުރައްވާ މަސައްކަތަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލްގެ ހާއްސަ
ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި
ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުމަށް އެއްވެސް ނުފޫޒެއް ނުފޯރުވަން: ރައީސް
މަސް ކިލޯއެއް 20ރ.އަށް ހަދައިދޭން ރައީސް އަރިހުގައި އެދިއްޖެ
ދިވެހި އާއިލާތައް ބަދަހިވެ، ފުދުންތެރިވި ވަރަކަށް ގައުމުގެ ކުރިއެރުން ހަލުވިވާނެ: ރައީސް
ހައްޖަށް ދާ މީހުންގެ ކާޑަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަން