ޖުލައި 4, 2024

ހިއްސާއަކަށް 50 ރުފިޔާ ބަހަން ބީއެމްއެލުން ފާސްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިއްސާއަކަށް 50 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

ހޮޓަލް ޖެންގައި ބީއެމްއެލްއިން މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި، ބީއެމްއެލްގެ ހިއްސާދާރުންގެ ރުހުމާ އެކު ބީއެމްއެލްއަށް މިދިޔަ އަހަރު ލިބުނު 2.07 ބިލިއަން ރުފިޔާގެ ސާފު ފައިދާއިން ހިއްސާއަކަށް 50 ރުފިޔާގެ މަގުން ބެހުމަށް ހުށަހެޅިއެވެ. އެ ހުށަހެޅުމަށް ހިއްސާދާރުން ވަނީ ތާއީދުކުރިއެވެ.

ބީއެމްއެލުން 2022 އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނ 40 ރުފިޔާއެވެ.

ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ ހިއްސާއަކަށް 50 ރުފިޔާ ބަހަން ފާސްވީ، ބޭންކަށް މިހާތަނަށް ލިބުނު އެންމެ ރަނގަޅު ނަތީޖާ މިދިޔަ އަހަރު ހޯދުމުން ކަމަށެވެ.

މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށްފަހު ބޭންކަށް ސާފު ފައިދާގެ ގޮތުގައި 269 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ.

އެ ފައިދާއާއެކު، ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެއެވެ.

Leave a Reply