އެއްގަމު އުޅަނދުތަކަށް އަލުން ޑޮމެއިން ވިއްކަން ފެށުމުގެ ކުރިން ސައްހަ ނޫން ޑޮމެއިންތައް ދެނެގަނެ ކެންސަލަ ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ މިވަގުތު 1،400 ވަރަކަށް ޑޮމެއިން ގެންގުޅޭ ކަމަށާއި އޭގެ ތެރޭގައި ސައްހަ ނޫން 700 ވަރަކަށް ޑޮމެއިން އުޅޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އަމީން ވިދާޅުވީ މީގެ ކުރިން ބޭނުންކުރަމުންދިޔަ މެޓްރިކްސް ސިސްޓަމްގެ ތެރޭގައި ގިނަ ޑޮމެއިންތަކުގެ މައުލޫމާތު ނެތް ކަމަށެވެ. އެ ސިސްޓަމުން ފެންނަން ނެތް ޑޮމެއިންތައް ކްލިއާ ކުރުމަށްފަހު އަލުން ޑޮމެއިން ވިއްކަން ހުޅުވާލާނެ ކަމަށެވެ.
”މިހާތަނަށް ގެންގުޅެފަ އޮތީ ތިން ޑިޖިޓާ ހަތަރު ޑިިޖިޓުގެ ޑޮމެއިން. އަލަށް ތައާރަފުކުރާ ޑޮމެއިން ސިސްޓަމުގެ ތެރޭގައި އެއް ޑިޖިޓު ނުވަތަ ދެ ޑިޖިޓުގެ ޑޮމެއިން ވިއްކަން ހުޅުވާލަނަން،“ އަމީން ވިދާޅުވި އެވެ.
ސައްހަ ނޫން ޑޮމެއިންތައް ވަކިކުރުމަށް ފަހު، މުޅިން އާ ސޮފްޓްވެއާއެއް ބޭނުން ކޮށްގެން ޑޮމެއިން ވިޔަފާރި ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާ ކުރާނެ ކަމަށް އަމީން ވިދާޅުވިއެވެ. އެއް ޑިޖިޓާއި ދެ ޑިޖިޓުގެ ޑޮމެއިން ވިއްކާނީ އެ ސިސްޓަމުގެ ތެރެއިން ކަމަށް އަމީން ވިދާޅުވިއެވެ.




ގުޅުންހުރި
އެމްބިއުލާންސަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރު ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި
އެމްބިއުލާންސަކަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރެއްގެ މައްސަލަ ބަލަނީ
ޓެކްސީ ސެންޓަރު ރަޖިސްޓަރީކުރަން ލުއިތަކެއްދީ، އިސްލާހުތަކެއް ގެނެސްފި
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ކަމަށް ބުނި ދެ ތާރީހުގައި ވެސް
މާލޭ މަގުތަކުން ވިިއްކާފައިވާ ޕާކިން ސްލޮޓްތައް އުވާލައި، އެ ތަންތަން އާންމުންނަށް
60 އަހަރުވުމުން ހާއްސަ ލައިސެންސެއް ނަގަންޖެހޭ ގޮތަށް ހަދައިފި، ކާރެއް ނުދުއްވޭނެ!