އޮކްޓޯބަރ 6, 2024

ސިނގިރޭޓު އިމްޕޯޓު ކުރަން އަހަރަކު 1.8 ބިލިއަން ރުފިޔާ، ފަރުވާއަށް ވެސް ބޮޑު ހޭދައެއް ކުރަންޖެހޭ!

ރާއްޖެއަށް އަހަރެއްގެ މައްޗަށް 1.8 ބިލިއަން ރުފިޔާގެ ދުންތަފުގެ ބާވަތްތައް އިމްޕޯޓް ކުރާ ކަމަށާއި އެކަމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ފަރުވާއަށް ވެސް ކޮންމެ އާސަންދައިން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައި އެޗްޕީއޭއިން ބުނީ ބުނީ ފުރާވަރު ކުދިން އަދި ޒުވާނުންގެ މެދުގައި ދުންފަތުގެ ބާވަތްތައް ބޭނުންކުރުން ރާއްޖޭގައި އާންމުވެފައިވާ ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.

”ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކުރާ ހިސާބުތަކަށް ބަލާއިރު އަހަރަކު 400 މިލިއަން ސިނގިރޭޓު ރާއްޖެއަށް އެތެރެކުރެ އެވެ. މިއީ 1.8 ބިލިއަން ރުފިޔާގެ ހޭދަ އެވެ،“ އެޗުޕީއޭއިން ބުންޏެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހަށް މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ ”ކުޑަކުދިން ދުންފަތުގެ ސިނާއަތުގެ ނުފޫޒުން ސަލާމަތްކޮށް ދަފަރާ ކުރުން“ އެވެ.

އެޗްޕީއޭއިން ބުނީ ކުޑަކުދިންނާއި ޒުވާނުންގެ ސަމާލުކަން ދަމައިގަންނަ ގޮތަށް އުފެއްދުންތަކާއި އިޝްތިހާރުތައް ބޭނުންކޮށް، ސޯޝަލް މީޑިއާގައި ދުންފަތުގެ ބާވަތްތައް އިސްތިހާރު ކުރަމުންދާ ކަމަށެވެ. އެޗްޕީއޭއިން ބުނީ 15-16 އަހަރުގެ މަދުވެގެން 37 މިލިއަން ކުދިން ކޮންމެ ވެސް ވައްތަރެއްގެ ދުންފަތެއް ބޭނުންކުރާ ކަމަށެވެ.