ޖުލައި 6, 2024

ރާއްޖެއިން މިއަހަރު ހައްޖަށްދިޔަ ފުރަތަމަ ގްރޫޕަށް ސައުދީއަށް ދެވިއްޖެ

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔުމަށް ފުރަތަމަ ގްރޫޕުގެ މީހުންނަށް ސައުދީ އަރަބިއްޔާއަށް ދެވިއްޖެއެވެ.

ހައްޖަށްދާ ފުރަތަމަ ގްރޫޕު، މާލެއިން، ސައުދީއަށް ދިޔުމަށް ފުރައިފައިވަނީ މިއަދު 15:51 ގަ އެވެ. އެ ފްލައިޓްގައި 296 ހައްޖާޖީން ވަނީ ފުރާފައެވެ. އެ ފުލައިޓު ސައުދީގެ ޖިއްދާގައި ޖައްސައިފައިވަނީ މިރޭ 9:12 ގަ އެވެ.

އެ ހުރިހާ ހައްޖުވެރިން ހައްކުގެ އަޅުކަމަށް ގޮސްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ދަށުންނެވެ. ހައްޖުވެރިންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގެ އިންތިޒާމްތައް ހައްޖު ކޯޕަރޭޝަނުން ވަނީ ހަމަޖައްސާފައިފައެވެ.

ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް މިއަދު ފުރިިއިރު، ދެވަނަ ފްލައިޓް ފުރާނީ ޖޫން ތިން ވަނަ ދުވަހެވެ. އަދި ތިން ވަނަ ފްލައިޓް ފުރާނީ ޖޫން ހަތް ވަނަ ދުވަހެވެ. އެ ދަތުރުގައި 05 ޑޮކްޓަރުންނާއި 05 ނަރުހުން ބައިވެރިވާނެއެވެ. އަދި ދަތުރުގައި ފުލުހުންނާއި، އެމްއެންޑީއެފްގެ މީހުން އެހީތެރިންގެ ގޮތުގައި ބައިވެރިވާނެއެވެ.

ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެ ހައްޖުވެރިއެއްގެ އަތުގައި ލޮކޭޝަން ޓްރެކިން ހައްޖު ކޯޕަރޭޝަނުން ވަނީ އަޅުވައިފައެވެ.