އައްޑޫގެ ރަށްތަކުން ފެނުގެ ހިދުމަތް މެދުކެނޑޭ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
މިއީ 20 ވަނަ މަޖިލީހަށް ހުށަހެޅި ފުރަތަމަ ކުއްލި މައްސަލައެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް އެވެ. ނާޒިލް ހުށަހެޅުއްވި ކުއްލަ މައްސަލަ ބަލައިގަތުމަށް ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ނިންމައިފައެވެ.
މި ސަރުކާރުން ވަނީ އައްޑޫގެ ފެނުގެ ނިޒާމް ރަނގަޅުކުރުމުގެ ޕްރޮޖެކްޓް، އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފަ އެވެ.
މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ނާޒިލް ވަނީ ސާފު ފެން ފޯރުކޮށްދިނުމުގެ ހިދުމަތަކީ އަސާސީ ހިދުމަތެއް ކަން ފާހަގަކުރައްވައި، ދިމާވެފައިވާ ދަތިތައް މިހާރުން މިހާރަށް ހައްލުކުރަން ގޮވާލައިފަ އެވެ.
ނާޒިލް ވިދާޅުވީ ފެނުގެ ހިދުމަތަށް ބުރޫ އަރާފައިވާތީ، ރައްޔިތުންނަށް އިންތިހާއަށް ގެއްލުންތައް ވަމުންދާ ކަމަށެވެ.




ގުޅުންހުރި
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
އަލަ ގޯންޏެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ދަރިވަރެއްގެ ކަރުގައި ހިފައި، ހަމަލާދިން ޓީޗަރެއްގެ މައްސަލަ ފުލުހަށް