ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިނުވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ހޯމް މިނިސްޓްރީން މިރޭކުރި އިއުލާނެއްގައި ބުނީ ބިދޭސީން ވަޒީފާ އަދާކުރާ 10،619 ތަނެއްގައި 102،807 ބިދޭސީ މަސައްކަތްތެރިން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.
”102،807 ބިދޭސީ މަސައްކަތްތެރީންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭކަމަށް ބެލެވޭ 1،765،704،400 ރުފިޔާ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ނުދައްކާ ހުރިކަން މި މިނިސްޓްރީއަށް ފާހަގަކުރެވިފައިވެއެވެ“ ހޯމް މިނިސްޓްރީން ބުންޏެވެ.
އަދި ބުނީ އެ ފައިސާ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކޮށް އިއުލާނުކޮށް އެކްސްޕެޓް ސިސްޓަމުން އެ ފަރާތްތައް ސަސްޕެންޑްކޮށް އާ ހުއްދަތައް ދޫކުރުން މެދުކަނޑާލާނެ ކަމަށެވެ.




ގުޅުންހުރި
ކައުންސިލް އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި