އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމުގެ މަސައްކަތް ކުރަން ފަށައިފައިވާކަން ދިވެހި ސަރުކާރުން ހާމަކުރުމާ ގުޅިގެން، ރާއްޖެއަށް، އެމެރިކާއިން ދޭ އެހީތަށް ކަނޑާލަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ބިލެއް ހުށަހަޅުއްވަން ނިންމަވައި މަސައްކަތް ފައްޓަވައިފި އެވެ.
އެފަދަ ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުންދަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ކޮންގްރެސްގެ މެންބަރެއް ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ޖޯޝް ގޮތެއިމާ އެވެ. އޭނާއަކީ އިޒްރޭތަށް ތާއީީދުކޮށް ވަރަށް ބޮޑަށް އިޒްރޭލުގެ ދިފާއުގަައި މަސައްކަތް ކުރަައްވާ މީހެކެވެ.
އޭނާ އެ ބިލު ހުށަހެޅުމުގެ މަސައްކަތް ކުރަމުންދަނީ ވެރިކަންކުރާ ޑިމޮކްރަޓިކް ޕާޓީގެ ތާއީދާ އެކުގައެވެ. އެ ބިލުގައި ހިިމެނެނީ އިޒްރޭލު މީހުން ރާއްޖެ އެތެރެވުމުގެ މަނާކުރާނަމަ، އެމެރިކާ ސަރުކާރުން ރާއްޖެއަށް އެއްވެސް އެހީއެއް ނުދިނުމަށެވެ.
އޭނާ ވިދާޅުވީ އިޒްރޭލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރަން ނިންމި ނިންމުމަކީ ޔަހޫދީންނާ މެދު ރުޅިވެރިކަން އުފެއްދުން ކަމަށެވެ. ރާއްޖެއިން، އެމެރިކާގެ އެންމެ ގާތް ރަހުމަތްތެރި ގައުމާ މެދު ފިޔަވަޅެއް އެޅުމަށް ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭޭނާ ވިދާޅުވިއެވެ.
”އެ ނިންމުން ބަދަލުނުކުރާހާ ހިނދަކު އަހަރެމެންގެ ޓެކްސް ފައިސާއިން ބައި ސެންޓު ވެސް އެ ގައުމަށް ދެވިގެން ނުވާނެ. އިޒްރޭލުގެ ހުރިހާ ރައްޔިތުން އެ ގައުމަށް ދަތުރުކުރުން މަނާކޮށްފައިވާ ބޭރު ގައުމަކަށް އެމެރިކާ ރައްޔިތުންގެ ޓެކްސް ފައިސާ ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން،“ ގޮތެއިމާ ވިދާޅުވިއެވެ.
މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެމެރިކާއިން ގާތްގަނޑަކަށް 36 މިލިއަން ޑޮލަރު ގެއެހީތެރިކަން ރާއްޖެއަށް ވަނީ ދީފަ އެވެ.
ގުޅުންހުރި
އިންޑިއާއިން ދިން މެހެމާންދާރީއަށް ރައީސްގެ ޝުކުރު، ވިދާޅުވީ ގުޅުން ވަރުގަދަ ކުރައްވާނެ
އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތު ކޮށްދޭން ސްޓެލްކޯ އިން ޝައުގުވެރިކަން ފާޅުކޮށްފި
ބައްސާމްގެ އެޕާޓްމަންޓުގެ މައްސަލަ: އިއްޔެ ނިންމީ މުއްދަތު އިތުރު ކޮށްދޭން، މިއަދު
އައްޑޫގައި، އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
މޯދީ، ރާއްޖެ ވަޑައިގަތުމަށް ރައީސް މުއިއްޒު ދައުވަތު ދެއްވައިފި
ޑިފޯލްޓް ވެދާނެކަމަށް ހީވި ސުކޫކަށް 25 މިލިއަން ޑޮލަރު ދައްކައިފި