އަހަރުގެ މިހާތަނަށް އައިއިރު ބޭރުގެ ދަރަނީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ދައްކައިފައިިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިއަހަރު ބޭރުގެ ދަރަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. އެހެންކަމުން އަހަރުގެ މިހާތަނަށް ދެއްކިފައިވަނނީ ދަރަނީގެ 45 ޕަސަންޓް ފައިސާ އެވެ.
ބޭރު ދަރަނީގެ އިންޓްރެސްޓާ އެކު މި އަހަރުގެ މިހާތަނަށް ވަނީ 1.6 ރުފިޔާ ދައްކައިފައި ކަމަށް ފިނޭންސުން ބުންޏެވެ. ދައުލަތުން ނަގާފައިވާ ދަރަނީގެ އިންޓްރެސްޓަށް 5.2 ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތުގެ ދަަރަނި ވަނީ 126 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ފިނޭންސުން ބުނީ ދަރަނި އިތުުރުވީ
އެތެރޭގެ މާކެޓުން ނެގި ދަރަނި އިތުރުވުމުން ކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އެތެރޭގެ ދަރަނި ވަނީ 74 ބިލިއަން ރުފިޔާ އަށް އަރައިފައިވާ ކަމަށާއި އެ އަދަދު މިހާރު ހުރީ 72.8 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސުން ބުންޏެވެ.




ގުޅުންހުރި
ޖުމުލަ ހަރަދު 34.1 ބިލިއަނަށް، ބަޖެޓު ޑެފިސިޓް ބިލިއަނަކާ ގާތަށް
މަޝްރޫއުތައް ހަވާލުކުރީ ޖުމްލަ 2.71 ބިލިއަން ރުފިޔާއަށް، ބޯހިޔާވަހިކަމަށް ބިލިއަނެއް
ސިވިލް ސާވަންޓުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފި
ޕެންޝަން އޮފީހުން ސަރުކާރަށް 2 ބިލިއަން ދިނުން: ބޯޑުން ޝަރުވަޝް އިސްތިއުފާ
އިންޓަނޭޝަނަލް ފެންވަރަށް ކައްދޫ އެއާޕޯޓު ތަރައްގީކުރަން ހަވާލުކޮށްފި، 2028 އަށް ނިންމަނީ
މިމަހު އަނބުރާ ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުން އިންޑިއާއިން