ފުވައްމުލަކު ސިޓީގަައި ޑައިިވިންއަށް ދިޔަ ޗައިނާގެ ޓޫރިސްޓަކު މަރުވެއްޖެ އެވެ.
ފުވައްމުލަކުން މި ނޫހަށް މައުލޫމާތުދިން މީހަކު ބުނީ އެ ޓޫރިސްޓު މީހާ ޑައިވިން ދޯނީގައި ހުއްޓާ ކުއްލިއަކަށް ހޭނެތިގެން ކަނޑަށް ވެއްޓުނު ކަމަށެވެ. ކަނޑުން ނެގިއިރު އެ މީހާ އޮތީ ހޭނެތިފައި ކަމަށެވެ.
”ހޮސްޕިޓަލަށް ގެނައިރު މަރުވެފަ އޮތްކަމަށް ހޮސްޕިޓަލުން މައުމޫމާތު ދިނީ“ އޭނާ ބުންޏެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ފުވައްމުލަކު ކައުންސިލްގެ ބަހެއް ވެސް އަދި ލިބިފައިނުވެ އެވެ.



