ޅ. އަތޮޅަށް ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދިޔަ ”ލޫން2“ ދޯނި އަޑިއަށްދާތީ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
އެމްއެންޑީއެފުން މިރޭ ބުނީ އެ ދޯނި އަޑިއަށްދާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 20:52 އެހާކަންހާއިރު ކަމަށެވެ.
އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްގާޑް ސެކަންޑް ސްކޮޑްރަންއިން މިހާރު ދަނީ އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ލޫނު2 އަޑިއަށްދާން ފަށައިފައިވަނީ ކަނޑުއޮޅިން ނުކުންނަ އުޅުމުގެ ތެރޭގައި ގަލެއްގައި ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.



