”އެގްމޮންޓް ގްރޫޕް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްސް“ ގެ މެންބަރުކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އަށް ލިބިއްޖެއެވެ.
”އެގްމޮންޓް ގްރޫޕް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް“ އަކީ“ މަނީ ލޯންޑަރިންއާއި ޓެރަރިޒަމް ފައިނޭންސިން އަދި ކުށްކުރުމާ ގުޅިގެން ކުރެވޭ އެހެނިހެން މާލީ ކުށްތަކާ ބެހޭ މައުލޫމާތު ދޭދޭ ގައުމުތަކުގެ މެދުގައި ހަރުދަނާކަމާއި ރައްކާތެރިކަމާއި އަވަސްކަމާ އެކު ބަދަލުކުރެވޭނެ ނެޓްވޯކެއް ގާއިމުކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.
އެމްއެމްއޭއިން ބުނީ އެގްމޮންޓް ގްރޫޕުގެ މެންބަރުކަން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބުނީ މި މަހުގެ ދެވަނަ ދުވަހު ފްރާންސްގެ ޕެރިހުގައި ފެށި އެގްމޮންޓް ގުރޫޕްގެ 30 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން ކަމަށެވެ.
އެމްއެމްއޭއިން ބުނީ އެގްމޮންޓް ގުރޫޕްގެ މެންބަރަކަށްވުމަށް އެފްއައިޔޫއިން ހުށަހަޅައިފައިވަނީ 2017 ވަނަ އަހަރު ކަމަށެވެ. އެގްމޮންޓް ގްރޫޕް މެންބަރަކަށްވުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުމުގައި ސްޕޮންސަރުންގެ ގޮތުގައި މަސައްކަތްކޮށްދީފައިވަނީ ބަންގްލަދޭޝާއި ސްރީލަންކާގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.
”އެގްމޮންޓް ގްރޫޕުގެ މެންބަރަކަށްވުމުން، އެ ގްރޫޕުގެ މެންބަރު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމުގެ އިތުރުން، ފަންނީ ތަފާތު އެހީތެރިކަން ހޯދުމާއި އަދި އެގްމޮންޓް ގްރޫޕުގެ ތަފާތު މުހިންމު ޕްރޮޖެކްޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބޭނެ،“ އެމްއެމްއޭއިން ބުންޏެވެ.
އެގްމޮންޓް ގްރޫޕުގެ މެންބަރުކަން ރާއްޖެއަށް ލިބުމުން މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް އެ އޮތޯރިޓީ އަދި ރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ގުޅުންހުރި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި
1434 ދަރިވަރަކު ދަނީ ގުރުއާން ހިތުދަސްކުރަމުން، ގިނައީ އަންހެން ކުދިން
ރާއްޖެއިން ބޭރުން އަގުހެޔޮކޮށް ވިޔަފާރި ކުރާތީ ބީއެމްއެލް އިން ކަންބޮޑުވެ، ކުދިކިޔަން