އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ފާސްކުރި ތިން ވަޒީރުންނަށް ރުހުން ދިނުމަށް ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް 20 ވަނަ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން ތިން ވަޒީރަކަށް ރުހުން ނުދިނުމަށް 19 ވަނަ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ ތިން ވަޒީރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
މި ތިން ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހިއިރު މަޖިލީހުގެ ތަޅުމުގައި 89 މެންބަރުން ތިއްބެވި އެވެ.
19 ވަނަ މަޖިލީހުން އެ ވަޒީރުންނަށް ރުހުން ނުދޭން ފާސްކުރި ނަމަވެސް ރައީސް މުއިއްޒު ވަނީ އަލުން އެ ތިން ބޭފުޅުން ވަޒީރުންގެ މަގާމަށް އައްޔަން ކުރައްވައި ރުހުން ހޯދުމަށް އަލުން މަޖިލީހަށް ފޮނުއްވައިފަ އެވެ.އެ މައްސަލަ އެޖެންޑާކޮށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައިވަނީ އާ ދައުރުގައި މި ހަފްތާގެ ތެރޭގަ އެވެ.

ގުޅުންހުރި
ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ
ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ، މޭޖާ ކްރައިމުން ތަހުގީގު ކުރަނީ
އެންވަޔަރަމެންޓް ރެގިއުލޭޓަރީ އޮތޯރިޓީއަށް ވެރިއަކު ހޯދަނީ، މުސާރައަކީ 35،500 ރުފިޔާ
ގެވެށި އަނިޔާގެ ތުހުމަތުވާތީ ތޯހާ އެޗްއާރްސީއެމްއަށް އައްޔަންކުރަން ފާހެއްނުވި
މީހަކު ރަހީނުކޮށް، އާއިލާއަށް ގުޅައި ފައިސާ އަތުލަން އުޅުނު ދެ ބިދޭސީން
އިންޑިއާ މީހަކު އޭނާގެ 65 އަހަރުގެ މަންމަ ދެ ފަހަރަށް ރޭޕްކޮށްފި