ޖުލައި 4, 2024

އީދު ދުވަހުގެ ހަވީރު ވެހިކަލް ދުއްވުން މަނާވާނެ!

މާދަމާ ފާހަގަކުރާ މި އަހަރުގެ އަޟްހާ އީދު ދުވަހާ ގުޅިގެން މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގެއްގައި ވެހިކަލް ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ އަދި އެ އެންގުމާއި ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުންޏެވެ.

އެ ގަޑީގައި އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ހާއްސަ ސްޓިކާއެއް ސިޓީ ކައުންސިލުން ދޫކުރާނެ އެވެ. އެ ސްޓިކާ ލިބޭނީ މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތާ ބެހޭ ބައިން (ތައިސޭކޮށި، މާލެ) އިންނެވެ.

ކޮންމެ އީދަކާ ދިމާކޮށްވެސް ވެހިކަލް ދުއްވުން މަނާ ކުރެ އެވެ.