ޔޫއެފާ ޔޫރޯ 2024 ގައި އިންގްލެންޑުން ކުޅުނު ފުރަތަމަ މެޗުގައި މިރޭ ސާބިއާ ބަލިކޮށްފި އެވެ.
ޝާލްކޭގެ ދަނޑުގައި ކުޅުނު މެޗުގައި މިރޭ އިންގްލެންޑުން ސާބިއާ ބަލިކުރީ 1-0ގެ ނަތީޖާ އަކުންނެވެ.
ސްކޮޑްގެ ވަރުގަދަކަމުން މި ފަހަރުގެ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޓީމަކީ އިންގްލެންޑެވެ. އަނެއްކޮޅުން އިންގްލެންޑަކީ ޔޫރޯ 2020ގެ ރަނަރަޕެވެ. އެ ފަހަރު އިންގްލެންޑަށް ތަށި އުފުލާ ނުލެވުނީ ފައިނަލުގައި އިޓަލީ ކައިރިން ޕެނަލްޓީގައި ބަލިވުމުންނެވެ.
އަނެއްކޮޅުން މި ފަހަރުގެ މުބާރާތް ސާބިއާއަށް ހާއްސަ އެވެ. މިއީ ސީދާ ސާބިއާގެ ނަމުގައި ޔޫރޯ ކުޅޭ ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް އެ ޓީމުގައި ޔޫރަޕްގެ ތަޖުރިބާ ބޮޑު ކުޅުންތެރިން އެބަ ތިއްބެވެ.
ރޭގެ މެޗު ފަށައިގެން އިންގްލެންޑުން ބޯޅަ ކޮންޓްރޯލްކޮށް ސާބިއާގެ ހާފަށް ބާރުބޮޑުކުރި އިރު، މެޗުގައި ފެނުނު ހަމައެކަނި ގޯލު 13 ވަނަ މިނެޓުގައި އިންގްލުންޑުން ޖެހި އެވެ. މިއީ ބުކާޔޯ ސަކާ ނަގައިދިން ހުރަހެއް, ރަނގަޅު ފޯމެއްގައި ހުރި ޖޫޑް ބެލިންގްހަމް ބޮލުން ޖަހައި ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
އޭގެ ފަހުން މެޗުގެ 25 ވަނަ މިނެޓުގައި އިންގްލެންޑްގެ ކައިލް ވޯކާ މުޅިން ހުހަށްހުރެ އޭރިއާ ތެރެއަށް ވަދެ ނަގާދިން ހުރަސް އިންގްލެންޑް ކުޅުންތެރިއަކަށް ނުލިބި ދިޔައީ ބޭކާރު ވެގެންނެވެ.
އޭގެފަހުން އިންގްލެންޑަށް ފުރަތަމަ ހާފުގައި އެންމެ އެކަށީގެންވާ ހަމަލާތަކެއް އުފެއްދިފައިނުވާ އިރު، ސާބިއާ ދިޔައީ މަޑުމަޑުން މެޗު ތެރެއަށް ވަންނަމުންނެވެ. އެއާއެކު ސާބިއާ އިން ދެވަނަ ހާފު ފެށީ ކުޅުން ރަނގަޅުކޮށް އިންގްލެންޑް ހާސްކޮށްލި އެވެ.
އެގޮތުން މެޗުގެ 52 ވަނަ މިނެޓުގައި އިންގްލެންޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑޫސާން ވްލަހޮވިޗް ހުރަސްކޮށްލި ބޯޅަ، ގޯލު ކުރިމަތީގައި ހުރި ފިލިޕް މިލަޑެނިވިޗްގެ ފައިގައި ލައްވާލާ ގޮތެއް ނުވިއެވެ. އަނެއްކޮޅުން ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން އެލެކްސެންޑްރާ މިޓްރޮވިޗަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.
މި ހާފުގައި އިންގްލަންޑުން އުފެއްދި އެންމެ ނުރައްކާތެރި ހަމަލާ ފެނުނީ މެޗުގެ 76 ވަނަ މިނެޓުގަ އެވެ. ހެރީ ކޭން މުޅިން ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލާ ސާބިއާގެ ކީޕަރުގެ އަތުގައި ޖެހިފައި ބޭރުވީ ދަނޑީގައި ވެސް ޖެހިފަ އެވެ.
އޭގެ ފަހުން ދެން ފެނުނީ ސާބިއާގެ ދެ ހަމަލާއެކެވެ. މެޗުގެ 82 ވަނަ މިނެޓުގައި ވްލަހޮވިޗް ފޮނުވާލި ބާރު ހަމަލާގެ ހުރަކަށް ޖޯޑަން ޕިކްފޯޑު ވެގެންދިޔައިރު، ކޯނަރަކުން ލިބުނު ފުރުސަތެއްގައި އޭރިއާ ބޭރުން ވެއިކޯ ބިރްމަންސެވިޗް ފޮނުވާލި ހަމަލާގެ ހުރަކަށްވީ ކޭން އެވެ.
ގުޅުންހުރި
ބަކާ ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމެއް: ރައީސް
އެރިކްސަން ޔޫރޯއަށް އެނބުރި އައުން ގޯލަކުން، ޑެންމާކް ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
ޕޮލެންޑް ކައިރިން ނެދަލޭންޑްސް ސަލާމަތް ކޮށްދިނީ ބެންޗުން އެރި ވެގްހޯސްޓް
އިޓަލީއަށް މޮޅެއް، އަލްބޭނިއާއަށް ބައްޔަކާއެކު ޔޫރޯގެ އެންމެ އަވަސް ގޯލުގެ އުފާ
ވޯލްޑް ކަޕުން ލިބުނު ބޮޑު ލަދަށްފަހު ޖަރުމަނުން ޔޫރޯ ފެށީ ބޮޑު
އެސްޓީއޯ ޔޫރޯ ފޯރި: 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް، 1 ވަނައަށް