ހަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތަކާއި މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލުމަށް ކެބިނެޓުގެ ލަފާގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އެގޮތަށް ނިންމެވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން ހުށަހެޅި ކަރުދާހާ ގުޅޭ ގޮތުން ވަޒީރުންނާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ.
ރައީސް އޮފީހުން ބުނީ، ރާއްޖޭގެ އިގުތިސޯދު ޑައިވާސިފައި ކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި އެކަންކަމާއި ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ކެބިނެޓުގެ ސަބް-ކޮމިޓީއަކުން ކުރިއަށް ގެންދިއުމަށް ވެސް ރައީސް ނިންމަވާފައިވާ ކަމަށެވެ.



