ކުށްވެރިންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު ފޯރުކޮށްދެމުން ދިޔަ ކަމުގެ ތުހުމަތު ކުރެވޭ ކަރެކްޝަންސް އޮފިސަރުންތަކެއް ހައްޔަރުކުރުމަށް ރެއިން ފެށިގެން ހިންގި އޮޕަރޭޝަންގައި 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މާފުށީ ޖަލުގައި ތިބޭ ކުށްވެރިންނަށް ޑުރަގާއި ފޯނު ވެއްދުމުގައި ކަރެކްޝަންސްގެ އޮފިސަރުންތަކެއް ބައިވެރިވާ ކަމަށް ތުހުމަތު ކުރެވިގެން ރޭ އެ ޖަލުގައި ހާއްސަ އޮޕަރޭޝަނެއް ފެށީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ އޮޕަރޭޝަންގައި މިހާތަނަށް ކަރެކްޝަންސްގެ 13 އޮފިސަރުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން ނުވަ މީހަކު މާފުށިން ހައްޔަރުކުރި އިރު، ކާށިދޫން ދެ މީހަކު، އުތީމުން އެކަކު އަދި މާލެ އިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ.
އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އިންޓެލިޖެންސް އިން ހޯދި ހޯދުންތަކުން ޖަލަށް ފޯނާއި ޑުރަގް ވެއްދުމަށް ކަރެކްޝަންސްގެ 18 އޮފިސަރެއްގެ ބައިވެރިވުން ހިމެނޭކަން ދެނެގަނެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަ އޮފިސަރުން މިދިޔަ އަހަރު ވަޒީފާ އިން ވަނީ ވަކިވެފަ އެވެ.
ޝަރީފް ވިދާޅުވީ، އެކަމުގެ ތުހުމަތުވާ އޮފިސަރުންގެ އެކައުންޓްތަކަށް އާދަޔާ ހިލާފަށް ގިނައިން ފައިސާ ޖަމާވެފައި ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން އެއް އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން ޖުމުލަ 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު އެ މައްސަލައިގައި ހިމެނޭ 18 އޮފިސަރުންގެ އެކައުންޓަށް ޖުމުލަ 73.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އަދި ވިދާޅުވީ، އެ ފައިސާތައް ޖަމާކޮށްފައިވަނީ ޖަލު ބަންދުގައި ތިބި މީހުންގެ އެކައުންޓުންނާއި މާލޭގައި ހަރަކާތްތެރިވާ ކުށުގެ ވެށީގައި އުޅޭ އެކި މީހުންގެ އެކައުންޓުން ކަމަށެވެ.

ގުޅުންހުރި
ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް ނަމުގައި އާ ކުންފުންޏެއް އުފައްދައިފި
މިހާތަނަށް 1.4 މިލިއަން ހައްޖުވެރިން ސައުދީއަށް އެތެރެވެއްޖެ
ދިވެހި ހުރިހާ ހައްޖުވެރިން މައްކާގައި، އެންމެންގެ ހާލުވެސް ރަނގަޅު
އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒު ފައިދާ ނަގާފާނެތީ، ސަރުކާރުން ނަންބަރު އައިނުގެ ވިޔަފާރި
މާލޭގައި އުޅޭ ބޯހިޔާވަހިކަން ނެތް 18 އަހަރުން މަތީގެ އެންމެނަށް މި
ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހިންނަށް ފެނި މިދަނީ ކަށަވަރުވަމުން: ފަހުމީ