ހެލްތް މިނިސްޓްރީއަށް މިދިޔަ ދެ މަސް ތެރޭ އިތުރު އަށް ސިޔާސީ ބޭފުޅުން އައްޔަންކޮށްފައިވާކަން ހާމަވެއްޖެ އެވެ.
މިކަން ހާމަވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި މަހުގެ އެއްވަނަ ދުވަހާ ހަމައަށް ހެލްތް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ މައުލޫމާތު ހޯދުމަށް އާންމު ފަރާތަކުން މިނިސްޓްރީގައި އެދުމުން މިއަދު އެ މިނިސްޓްރީން ފޮނުވި ޖަވާބުގަ އެވެ.
އެ ފަރާތުން އެދުނީ 17 ނޮވެމްބަރު 2023 އިން ފެށިގެން މި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ހެލްތް މިނިސްޓްރީއަށް އައްޔަންކޮށްފައި ތިބި ސިޔާސީ ބޭފުޅުންގެ އަދަދާއި އެ މީހުންގެ މުސާރަތައް ހޯދުމަށެވެ.
މިނިސްޓްރީން ދިން ޖަވާބުން އެނގޭ ގޮތުގައި އެ މިނިސްޓްރީގައި ހެލްތް މިނިސްޓަރާ އެކު ޖުމުލަ 29 ބޭފުޅަކު ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައި އެބަ ތިއްބެވެ. އޭގެ ތެރެއިން އަށް ބޭފުޅަކު އައްޔަން ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ތެރެއާއި އޭގެ ފަހުންނެވެ.
އެގޮތުން އޭޕްރިލް މަހުން ފެށިގެން މެއި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީއަށް އިތުރު އެއް ސްޓޭޓް މިނިސްޓަރަކާއި ތިން ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި ތިން ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަންކޮށްފައިވެ އެވެ.
ހެލްތް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހު ދައުރު ނޫހާ ހިއްސާ ކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އޭޕްރިލް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީގައި މިނިސްޓްރާއެކު ޖުމުލަ ތިބީ 20 ސިޔާސީ ބޭފުޅުންނެވެ.
އަދި އެ ބޭފުޅުންގެ މުސާރައަށް އޭރު ހަރަދުވީ 627،500ރ. އެވެ.
ނަމަވެސް މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ހެލްތް މިނިސްޓްރީއަށް އައްޔަން ކުރި ސިޔާސީ ބޭފުޅުންނާއެކު އެ މިނިސްޓްރީން ސިޔާސީ ބޭފުޅުންގެ މުސާރައަށް ކުރާ ހަރަދު ވަނީ 850،000ރ. އަށް އިތުރުވެފަ އެވެ. މިއީ 222،500ރ. ގެ އިތުރުވުމެކެވެ.




ގުޅުންހުރި
ވީއައިއޭގެ އާ ޓާމިނަލުން އިންޑިއާގެ ގައުމީ އެއާލައިނަށް ހިދުމަތް ދޭން ފަށައިފި
ޝަހީދުންގެ ބިނާ ކައިރީގައި މިރޭ ބަޑި ޖެހުމުގެ ތަމްރީނެއް!
މި ބަންދުގައި ސްޓެލްކޯގެ ކައުންޓަރުތައް ބަންދުވިޔަސް، ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް ލިބޭނެ
އައިލެންޑް އެވިއޭޝަނުން 49.4 މިލިއަން ރުފިޔާއަށް ހުުޅުމާލެއިން ބިމެއް ގަނެފި
ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ދައްކައި، ޖިންސީ ގޯނާކުރި މައްސަލައެއްގައި ދިވެހި ޓީޗަރަކު
ހިޔާ ޓަވަރެއްގެ 14 ވަނަ ބުރިން މީހަކު ވެއްޓި މަރުވެއްޖެ، މޫނު