ޑުރަގް ބޭނުންކޮށް އެ ތަކެތި ވިއްކާ ވިޔަފާރި ކުރުމުގައި ކުޑަކުދިން ބޭނުންކުރާ ކަމުގެ ތުހުމަތުގައި ށ. ފުނަދޫން މީހަކު ހައްޔަރުކޮށްފި އެވެ.
ށ. އަތޮޅު ފުލުހުން ބުނީ، އުމުރުން 29 އަހަރުގެ އެ މީހާ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން އޭނާ ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރި އިރު، އެ ކޮޓަރި ތެރެއިން ޑުރަގް ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދު ޖެހުމަށް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.



