ރާއްޖެއަށް އިނގިރޭސިވިލާތުން ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލް ޑރ ޕޯލް އާރްތާ ވަން ޑްރީޝްގެ ސައިކަލު ވަގަށް ނެގި މައްސަލައިގައި މީހަކު ނުވަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
އެ މައްސަލައިގައި ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ރ.ކަނދޮޅުދޫ، ދޮންވެލި، އަހުމަދު އިރުޝާން އެވެ.
ދައުލަތުން އޭނާގެ މައްޗަށް ދެ ދައުވާއެއްކުރި އެވެ. އެއީ ސައިކަލު ވަގަށް ނެގުމާއި ސައިކަލުގެ މަޑިދަށުގައި އޮތް އައިނެއް ވަގަށް ނަގައިފައިވާތީ ވަކިން ކުރި ދައުވާއެކެވެ.
އަހުމަދު އިރުޝާން ވަނީ އޭނާގެ މައްޗަށް ދައުލަތުންކުރި ދެ ދައުވާއަށް އިއުތިރާފުވެފަ އެވެ. އަދި ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފަ އެވެ. އިއުތިރާފުގެ އެއްބަސްވުމުގައި ވަނީ ސައިކަލު ވަގަށް ނެގި މައްސަލައިގައި އޭނާގެ މައްޗަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކުރުމަށެވެ. އަދި އައިނު ވަގަށް ނެގި މައްސަލައިގައި އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް އެއްބަސްވުމުގައިވެއެވެ.
އެހެންވެ ކުރިމިނަލް ކޯޓުން އަހުމަދު އިރުޝާންގެ މައްޗަށްކުރީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
ނަމަވެސް އިރުޝާން ތަހުގީގު މަރުހަލާގައި 15 ދުވަހާއި 19 ގަޑިއިރު ބަންދުގައި ހޭދަކޮށްފައިވާތީ، ސައިކަލް ވަގަށް ނެގުމުގެ ދައުވާގެ ހުކުމަށް އޭނާ ތަންފީޒު ކުރަން ޖެހޭނީ ނުވަ މަހާއި ދެ ދުވަހުގެ ހުކުމެއް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފައިވެއެވެ.




1 Comment
ގުޅުންހުރި
ފުލުހުންގެ ބެލުމުގެ ދަށުން ތަކެތި ގެއްލިގެން ނުވާނެ: ފުލުހުން
ފުލުހުންގެ ތެރޭގައި ސިނގިރޭޓު ވައްކަންތަކެއް، ޖިނާއީ ތަހުގީގު ފަށައިފި
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: މިފްކޯ އިން މުއާޒު ސަސްޕެންޑްކޮށްފި
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އާއްޓޭގެ ބަންދަށް 15، ދިގަލީގެ ބަންދަށް
މާލޭން ވަގަށް ނެގި 90 ސައިކަލާއި 19 ފޯނެއް ފުލުހުން ހޯދައިފި
ބޮކްސާ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި