ކައިވެނީގެ ނަމުގައި 13 އަހަރުގެ ކުއްޖަކު ރޭޕްކޮށް، ވިހެއި މައްސަލައިގައި ހައްޔަރުކޮށްފައިވާ އިސްމާއިލް ހައްމާދުގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު ކޮށްފި އެވެ.
ރ. މަޑުއްވަރީގައި 13 އަހަރުގެ އަންހެން ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނީގެ ނަމުގައި ގުޅި އަދި ޖިންސީ ގުޅުން ހިންގުމަށްފަހު އެ ކުއްޖާ ނޮވެމްބަރު 2018 ގައި ވިހެއި މައްސަލަ ފެންމަތިވީ ދީނީ ހިޔާލު ތަފާތުވުންތަކެއްގައި ހައްމާދަށް ބަޔަކު ހަމަލާ ދިން މައްސަލައެއްގެ ތަހުގީގުގެ ތެރެއިން 2019 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.
ތޫނު އެއްޗެއް ބޭނުން ކޮށްގެން ހައްމާދުގެ ކަރަށް ހަމަލާދީފައިވަނީ އޭނާ އާއެކު އެއް ދޯންޏަކުން ދަތުރުކުރަމުން ދިޔަ ބައެކެވެ. ފުލުހުންގެ ސަމާލުކަމަށް އެ މައްސަލަ އައީ ހަމަލާދިނުމުން ދޯނިން މޫދަށް ފުންމާލައިގެން ހައްމާދު ރަށަކަށް އެރުމުން، އެ ރަށުން އެ މައްސަލަ ރިޕޯޓް ކުރުމުންނެވެ.
ހައްމާދަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ފަހު އޭނާ ހޮސްޕިޓަލުން ދޫކޮށްލުމާ އެކު ހައްޔަރުކުރި އެވެ. އަދި 25 ޑިސެމްބަރު 2019 ގައި ހައްމާދުގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ އެ މައްސަލައިގެ ރައުޔު އިއްވައިފަ އެވެ. ރައުޔުގައި ބުނެފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ ހައްމާދުގެ މައްޗަށް ސާބިތުވާ ކަމަށެވެ.
އެހެންވެ ހައްމާދު 14 އަހަރަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށް ހުކުމުގައި ބުންޏެވެ. ނަމަވެސް ހައްމާދު ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު އުނިކުރުމަށްފަހު ތަންފީޒު ކުރަންޖެހޭނެ ޖަލު އަދަބަކީ 9 އަހަރާއި 4 މަހާއި 15 ދުވަސް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.




ގުޅުންހުރި
ސަނީ އުމަރުގެ ބަންދަށް 30 ދުވަސް
ދޫކޮށްލުމަށްފަހު ކޯޓު އަމުރެއްގެ ދަށުން އަލުން ސަނީ އުމަރު ހައްޔަރުކޮށްފި
ހައްޔަރުނުކޮށް ދޫކޮށްލި ސަނީ އުމަރު ހައްޔަރުކޮށްފި، ހައްޔަރުކުރީ ފުރައިގެންދާން އުޅެނިކޮށް އެއާޕޯޓުން!
ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ސަނީ އުމަރު ފުލުހަށް ހާޒިރުކޮށްފި
ސަނީ އުމަރު ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އާއިލާގެ
ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް, ތުހުމަތު