ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަކީ އަރަނި ކުންފުންޏަކަށް ހެދުމަށްޓަކައި އެޅި ފިޔަވަޅުތަކުގެ ސަބަބުން ކުންފުނީގެ ހަރަދު ކުޑަކޮށް ދުވެލި ބާރު ކުރެވިއްޖެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރު ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ”ސަރުކާރު“ ޕްރޮގްރާމަށް ރޭ މައުލޫމާތު ދެއްވަމުން ޒުހެއިރު ވިދާޅުވީ, މަގާމާ ހަވާލުވި އިރު, ކުންފުނީގައި ބޮޑު ދަރަންޏެއް އެޅިފައި އޮތް ކަމަށާއި ފަށާފައިވާ މަޝްރޫއުތައްވެސް އޮތީ ހުއްޓާލާފައި ކަމަށެވެ.
ނަމަވެސް މިހާރު ހުއްޓާލާފައިވާ ހުރިހާ މަޝްރޫއަކަށް ބޭނުންވާ ތަކެތި ގެންގޮސް, މަސައްކަތް އަލުން ފަށާފައިވާއިރު, އާ މަޝްރޫއުތަކެއްވެސް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އާރުޑީސީއާ 30 މަޝްރޫއެއް ހަވާލުކޮށްފައި އޮތް އިރު, އޭގެ ތެރެއިން ހުއްޓާލާފައިވާ ރަށްތަކާއެކު 27 ރަށެއްގައި މަސައްކަތް އެ ކުންފުނިން މިހާރުވެސް ދަނީ ކުރަމުންނެވެ.
ޒުހެއިރު ވިދާޅުވީ, ކުންފުންޏާ ހަވާލުވުމަށްފަހު ގެނައި ބަދަލުތަކުގެ ސަބަބުން ކުންފުނީގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެގޮތުން އާރުޑީސީން ކުރިން ހިނގަމުން އައި ހަރަދުތަކުގެ ތެރޭގައި 17 މިލިއަން ހަރަދު ކުޑަކުރެވިފައިވާކަން ފިނޭންސް މިނިސްޓަރުވެސް ފާހަގަކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.
”މި ދެންނެވި ހާލަތުގައި ކުންފުނި އޮއްވައި އަރަނި ކުރުމަށްޓަކައި އަޅަން ފެށި ފިޔަވަޅުތަކުގެ ސަބަބުން ހަރަދުތައް ކުޑަކުރެވި, އޭގެ އިތުރަށް ކުންފުނީގެ ދުވެލި ބާރުކުރެވި ރަށްރަށުގައި ހުރި މަޝްރޫއުތައް ފައްޓައި, ބައެއް މަޝްރޫއުތައް ނިމުމަކާ ހަމައަށް އައިސްފައި,“ ޒުހެއިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ, ކުންފުނި އަދިވެސް ހިންގަމުންދަނީ ދަރަނީގައި ކަމަށާއި ނަމަވެސް އެ ދަރަނި ކުޑަކުރެވިއްޖެ ކަމަށެވެ. އަދި އަރަނި ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އޭގެ ތެރޭގައި ސްޓްރެޓިޖިކް ޕްލޭންތަކެއް ހެދި ކުންފުނި ރިފޯމް ކުރަންޖެހޭއިރު ކުންފުންޏާ މަތިކޮށްފައި އޮންނަ މަގު ހެދުމުގެ މަސައްކަތް އެކަނި ކޮށްގެން އަރަނި ކުންފުންޏެއްގެ ގޮތުގައި ބާއްވަން އުދަނގޫވާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުންފުންޏާ ގުޅޭ އެހެން މަސައްކަތްތަކަށް ނުކުންނަންޖެހޭ ކަމަށެވެ.
ޒުހެއިރު އިތުރަށް ވިދާޅުވީ, ކުންފުނީގެ ސައިޒަށްވުރެ މުވައްޒަފުން ގިނަ ކަމަށެވެ. އަދި ކުންފުނި ރީސްޓްރަކްޗާ ކުރަންޖެހޭއިރު ކުންފުންޏަށް ބޭނުން ނުވާ މުވައްޒަފުން ވަކިކުރަން ޖެހޭއިރު އޯވަ ޓައިމް ފައިސާގެ އުސޫލުވެސް ރަނގަޅުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 11 ބިދޭސީއަކު އަތުލައިގެންފި
ސިވިލް ސާވަންޓުންނަށް މޫނު ބުރުގާ އަޅައިގެން މަސައްކަތަށް ކުރެވޭ ގޮތް ހަދައިފި
މަޝްހޫރު ޔޫޓިއުބާ އަންކަލް ރޯޖާ، އާންޓީއެއް ހޯދައިފި
އާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާ ހޯދާ ނަމަ 30 ދުވަހުގެ
ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދިގެއް ނުކުރާނެ، ނަމަވެސް މަޖިލީހުގެ ދައުރު ކުރުވެ އަޅުގަނޑު
ނިންމުންތައް ނިންމާއިރު ރައްޔިތުންގެ އަޑުއެހުން މުހިންމު: ރައީސް