މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ސަސްޕެންޝަންގައި ތިއްބެވި ޔޫތް މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ވަޒީފާގެ އެއްވެސް މަސައްކަތެއް ނުކުރައްވައި މުސާރައާއި އިނާޔަތުގެ ގޮތުގައި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިވަޑައިގެންފައިވާކަން ހާމަވެއްޖެ އެވެ.
އެކަން ހާމަވީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު ދަށުން އާންމުންގެ މީހަކު މަލްޝާ، ޝިއުނާ އަދި މަހްޒޫމްގެ މުސާއަށް ހަރަދުވެފައިވާ އަދަދު ހޯދަން ޔޫތް މިނިސްޓްރީގައި އެދުމުން އެ މިނިސްޓްރީން ދިން މައުލޫމާތުންނެވެ.
ޔޫތް މިނިސްޓްރީން ދިން މައުލޫމާތުގައިވާ ގޮތުން ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އެ ތިން ބޭފުޅުން އަދިވެސް ތިއްބެވީ ސަސްޕެންޝަނުގަ އެވެ. އެގޮތުން މި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް އެއިން ކޮންމެ ބޭފުޅަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 189،000 ރުފިޔާ ދީފައިވާކަންވެސް އެ މައުލޫމާތުން ހާމަވެ އެވެ.
އެހެންކަމުން ހަ މަހުގެ މުސާރައާއި އިނާތުގެ ގޮތުގައި އެ ތިން ބޭފުޅުންނަށް މުސާރައިގެ ގޮތުގައި ވަނީ 567،000 ރުފިޔާ ދީފަ އެވެ.
ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރައަކީ 18،000 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 12،500 ލިބޭއިރު މޯބައިލް ފޯން އެލަވަންސް ގޮތުގައި އިތުރު 1،000 ރުފިޔާ ލިބެ އެވެ.
މަލްޝާ، ޝިއުނާ އަދި މަހްޒޫމް ސަސްޕެންޑް ކުރަން ސަރުކާރަށް މަޖުބޫރުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމަތްކޮށް، ފުރައްސާރައިގެ ޓުވީޓުތަކެއް ކުރުމުގެ ސަބަބުން އެ ގައުމުގެ އާންމުންނާއި ސިޔާސީ ބޭފުޅުން ރާއްޖެ ބޮއިކޮޓް ކުރަން ބޮޑު ކެމްޕެއިނެއް ފެށުމުންނެވެ.
ނަމަވެސް އެކަމާ ގުޅިގެން ސަރުކާރުން ބުނީ އެ ތިން ޑެޕިއުޓީންގެ ވާހަކަތަކަކީ ސަރުކާރުގެ ސްޓޭންޑް ނޫން ކަމަށާއި ސަރުކާރުގެ ސްޓޭންޑަކީ އިންޑިއާ އާއެކު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން ދެމެހެއްޓުން ކަމަށެވެ.
ގުޅުންހުރި
އިންޑިއާއިން، ރާއްޖެއަށް ވިއްކާ ހަކުރު ލަންކާއަށް ގެންދާ މައްސަލަ ބަލަނީ
ސަރުކާރުގެ ޕޮލިސީ އާމެދު ހިތްހަމަނުޖެހުނަސް އެ ތަންފީޒުކުރަން ސިވިލް ސާވަންޓުން ފަސްޖެހިގެން
އިންޑިއާގެ ސަފީރު ކަމަށް އާޒިމާ، ސައުދީގެ ސަފީރު ކަމަށް ސަރީރު އައްޔަން
ޔާމީން ކޯޓަށް ހުށަހެޅި ”އިންޑިއާ އައުޓް“ ގަރާރުގެ މައްސަލަ ބާތިލުކޮށްފި
އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި
ރާއްޖޭގެ މުސްތަގުބަލަށް ބޭނުންވާ ޑިޖިޓަލް ހައްލަށް އިންޑިއާ އާއެކު މަސައްކަތް ކުރަންޖެހޭ: