ފުލުހުން ހައްޔަރުކުރަން އުޅެނިކޮށް އަނިޔާވި މީހާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އުމުރުން 38 އަހަރުގެ އެ މީހާއަށް އަނިޔާވީ ޑްރަގް ކޯޓު އަމުރެއްގެ ދަށުން އިއްޔެ އެ ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ހައްޔަރުކުރަން އުޅެނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް އަނިޔާވީ ގޭގެ ފުރަތަމަ ފްލޯއިން ވެއްޓިގެންނެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން ފުލުހުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެ މީހާ މި ވަގުތު އޮތީ ވެންޓިލޭޓަރުގަ އެވެ. ނަމަވެސް ލިބިފައިވާ އަނިޔާގެ ތަފުސީލެއް ނުދެ އެވެ.
އެ މީހާގެ އާއިލާ މީހަކާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، އިމަޖެންސީގައި ޑޮކްޓަރަށް ދެއްކި އިރު، ސިކުނޑި އަށް ވަރަށް ގިނައިން ލޭ އެޅި، މައިބަދަ އަށް ގެއްލުން ވެފައިވާކަން ވަނީ އެނގިފަ އެވެ. އެހެންވެ އެންމެ ފުރަތަމަ ކުރީ ސިކުނޑީގައި ހުރި ލޭތައް ނެގުމުގެ އޮޕަރޭޝަނެކެވެ.
އަދި މައިބަދައަށް ލިބިފައިވާ އަނިޔާއަށް ފަރުވާ ދެވޭނީ ހާލަތު ސްޓޭބަލް ވުމުން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އާއިލާ އިން ބުނެފައިވެ އެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާމެދު އާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް ހުރުމުން އެކަން ބެލުމަށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި އެދިފައިވާނެ ވާހަކަ ފުލުހުން ބުނެ އެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ