އިޖާދީ ވިސްނުމާއި ހިދުމަތުގެ އެންމެ މަތީ ފެންވަރަށް ވާސިލުވުމުގެ ގޮތުން ސްޓެލްކޯ އިން ނޮލެޖް ހަބް އިފުތިތާހުކޮށްފި އެވެ.
ނޮލެޖް ހަބް އިފުތިތާހު ކޮށްދެއްވުމަށްފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ސްޓެލްކޯގެ މުސްތަގުބަލު ރާވާ ޕްލެޓްފޯމަކަށް ނޮލެޖް ހަބް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ނޮލެޖް ހަބް އިފުތިތާހު ކުރެވުމަކީ ވަރަށް ތާރީހީ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ސްޓެލްކޯއަކީ ދުވަސްވެފައިވާ ކުންފުންޏެއް ކަމުން ކުންފުނީގެ މުސްތަގުބަލާ ދޭތެރޭ ވިސްނާ ފިކުރުކޮށް، މުސްތަގުބަލު ރާވާ ޕްލެޓްފޯމަކަށް ނޮލެޖް ހަބް ވެގެންދާނެކަމަށް ވެސް އުންމީދު ކުރައްވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.
ސްޓެލްކޯ އިން ބުނީ، ނޮލެޖް ހަބަކީ މުވައްޒަފުންގެ މެދުގައި ނަފުސު ތަރައްގީކުރުމުގެ ރޫހާއި މުވައްޒަފުން ބަދަހިކަމާއެކު ގުޅިގެން ކުރިއެރުމުގެ ފިކުރު އަށަގެންނެވުމަށް އިފުތިތާހުކުރި ޕްރޮގްރާމެކެވެ.




ގުޅުންހުރި
މި ބަންދުގައި ސްޓެލްކޯގެ ކައުންޓަރުތައް ބަންދުވިޔަސް، ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް ލިބޭނެ
ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ހުޅުވައިފި
ސްލްކޯއިން ތުލުސްދޫގައި ގާއިމުކުރި ފެނުގެ ނިޒާމު އިފްތިތާހުކޮށްފި
ސްޓެލްކޯ އިން ދިއްފުށީގައި ހެދި އިންޖީނުގެ ހުޅުވައިފި
ސްޓެލްކޯގެ ސްކިލްސް އެކަޑަމީގައި އެމްއެންޔޫގެ ކޯސްތައް ފަށަން ތައްޔާރުވެއްޖެ
ސްޓެލްކޯއަށް ޚިދްމަތް ކުރުމަށް ފަހު ރިޓަޔާކުރި ދެ މުވައްޒަފެއްގެ އަގުވަޒަންކޮށްފި