ކަސްޓަމަރުން ބީއެމްއެލްގައި ރައްކާކުރާ ފައިސާ ދަށަށް! މިދިޔަ 3 މަހު 1.7 މިލިއަން މަދުވެއްޖެ

ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ކަސްޓަމަރުން ފައިސާ ރައްކާކުރާ އަދަދު މަދުކުރަން ފަށައިފި އެވެ.

މާކެޓިން އަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރާ ބީއެމްއެލް އިން އާންމުކޮށްފައިވާ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި އެ މުއްދަތުގައި ކަސްޓަމަރުން ބޭންކުގައި ފައިސާ ރައްކާކޮށްފައިވާ އަދަދަކީ 29.5 ބިލިއަން ރުފިޔާ އެވެ.

އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކަސްޓަމަރުން ބޭންކުގައި ރައްކާކޮށްފައި ހުރި 31 ބިލިއަން ރުފިޔާއަށްވުރެ ފަސް ޕަސެންޓް ދަށް އަދަދެކެވެ. އަދަދުން ބަލާނަމަ އެއީ 1.7 މިލިއަން މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

ބީއެމްއެލްގެ މިދިޔަ ހަ މަސް ދުވަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުންވެސް އެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ.

ބީއެމްއެލްގައި ފައިސާ ރައްކާކުރާ އަދަދު މަދުވެފައިވާއިރު، އެ ބޭންކަށް ރައްޔިތުން ކުރަމުންދާ އިތުބާރު ވަނީ ކުޑަވެފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ގިނަ މެންބަރުންގެ އިތުބާރު ނެތްކަން އެ މެންބަރުން ވަނީ ހާމަކޮށްފަ އެވެ.