ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ ދެ ބިދޭސީއެއްގެ ދެމެދު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރޭ 8:00 ރިޕޯޓްކުރި އެ މާރާމާރީގައި 39 އަހަރުގެ އިންޑިއާ ފިރިހެނަކު ޒަހަމްވެ، އޭނާއަށް ހަނިމާދޫ ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ.
އަދި އެ މާރާމާރީއާ ގުޅިގެން 37 އަހަރުގެ އިންޑިއާ ފިރިހެނެއް ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
ނަމަވެސް މާރާމާރީގައި ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ އެއްވެސް ތަފުސީލެއް އަދި މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް ފުލުހުން ނުދެ އެވެ.



