ނޮވެމްބަރ 23, 2024

ރާއްޖެ އައި އިޒްރޭލު ޓޫރިސްޓުންގެ އަދަދު އިތުރުވެއްޖެ، ޕާސްޕޯޓް މަނާކުރާ ބިލު ތާށިވެފައި!

މިދިޔަ ޖުލައި މަހު ރާއްޖެ އައި އިޒްރޭލު ޓޫރިސްޓުންގެ އަދަދު އޭގެ ކުރީ މަހާ އަޅާބަލާއިރު އިތުރުވެއްޖެ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ވަނީ މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދުތައް އާންމުކޮށްފަ އެވެ. އޭގެން އެނގޭ ގޮތުގައި ޖުލައި މަހުގެ ތެރޭގައި ރާއްޖެއަށް އިޒްރޭލުގެ 124 ޓޫރިސްޓުން އައިސްފައިވެ އެވެ.

އެއީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ރާއްޖެ އައި އިޒްރޭލު ޓޫރިސްޓުންނަށްވުރެ 51 ޕަސެންޓް އިތުރު އަދަދެކެވެ. ޖޫން މަހު އިޒްރޭލުން 82 ޓޫރިސްޓަކު ރާއްޖެ އައެވެ.

ރާއްޖެ އަންނަ އިޒްރޭލު ޓޫރިސްޓުންގެ އަދަދު އިތުރުވަމުންދާއިރު، އިޒްރޭލުގެ މީހުން ރާއްޖެ އަށް އެތެރެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.

އެ ބިލު ބަލައިގަނެ، 241 ކޮމިޓީއަށް ފޮނުވުނީ މަހެއްހާ ދުވަސް ފަހުން މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް އެ ފަހުން އެ ބިލުގެ އެއްވެސް މަސައްކަތް ކޮށްފައެއް ނުވެ އެވެ.

އެ ބިލް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަން ކެބިނެޓްގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި އެވެ.

އެގޮތަށް ކެބިނެޓުން ނިންމިއިރު ރައީސްގެ ރިޔާސީ ގަރާރަކުން އެކަން ކުރެވޭނެ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅީ އިދިކޮޅު އެމްޑީޕީން ވިޔަސް، އެ ބިލަށް ތާއީދު ކުރާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ ވިދާޅުވެފަ އެވެ.

އެކަމަށް ސަރުކާރުން އާ ބިލެއް ހުށަހެޅުމުގެ ބަދަލުގައި ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހުތައް ކޮމިޓީއަށް ހުށަހަޅައިގެން ކުރިއަށްދާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ވަނީ ވިދާޅުވެފަ އެވެ.

20 Comments

  • Mustho Ahmed އޯގަސްޓް 6, 2024

    އެމެރިކާން ޑޮލަރު ކޮޅެއްދިނީމަ ފާހެއްނުވާނެ..

  • Muslim Ibrahim އޯގަސްޓް 6, 2024

    Kobaa ali rameez be aai ali zaidh be?

  • Mohamed Kamil އޯގަސްޓް 6, 2024

    Gobolha Nive kaidhi vegen dhivehin ge baakin hingiyas thekan niveyheh khaarijee vazeeru gen gos size kollaafa fonuvee

  • Abdulla Ibrahim އޯގަސްޓް 6, 2024

    ހަނިއްޔާގެ ކަށުނަމާދު ނުކުރި ބަޔަކު ތިކަންމަނާކުރާނެތޯ.؟
    މިހާރު ލާދީނޭ ގޮވާނެ މީހަކު ނެތް .
    ލާދީނީ މީހުން ތިބީ ސަރުކާރުގަ .
    އެއްޖިންސުން ގުޅުންހިންގަން ބާރުއަޅާ ބިލްގަ ސޮއެކޮއް އެކަންތަކައް ތަބާވެގެންނެވެ.

  • Fantastic Fool އޯގަސްޓް 6, 2024

    mi yahudi sarukaarun Israel passport manayeh nukuraane, yahoodheen raajje aiima maran vee eyrun aun huhteynee..

  • Ahmed Mausoom އޯގަސްޓް 6, 2024

    Kan kamu gaa eirehga dhuniyege oiy
    mashrahu ge mahchah mashvaraa
    koh.. dhuru vis nunmuge therin
    misraabu seedhaa koh. hife heh
    tumee ehme buhdhi veri eh
    gothehme.

  • IbraHim NadHeem އޯގަސްޓް 6, 2024

    Dheenah takaa yahoodheen gaumah miloabovehi fasgadhah genaumah takaa
    20 vana majileehuge kurimah takaa muizzu verikan ithuru harufathakah gendhiumah takaa izurail passport manaakurun huttaalee

  • Siyaam Siyantay އޯގަސްޓް 6, 2024

    verikamah araa miskithah vadhe dhethin gandu foto kandaafa rayyithun loluga andhun alhuvaafa vee yahoodhee bodu kaafarunge papetakah

  • Nasiha Moosa އޯގަސްޓް 7, 2024

    ދެފައި ބިމުގައި ހަރުނުލައިގެން އުޅުނު ޝޭހުންނާއި ޝަލަފް މިހާރު ކޮބާ ފައިސާއާއި ޖެހުނީމަ މަންމަންވީތަ

    • Dhivehi Maalimy އޯގަސްޓް 7, 2024

      Nasiha Moosa Fahuzamaanugaa Ahnaanekamahvaa Thauseyhun Madhu Meehaku Noonee Mulhinves Thibee !

    • Nasiha Moosa އޯގަސްޓް 7, 2024

      Dhivehi Maalimy ހައްގު ތެދު

  • Athif Athy އޯގަސްޓް 7, 2024

    Misarukaaraai nibeheythiy adhi enee rangalhaah adhi theboh vaguthu vaa

  • Ilyaz Ibrahim އޯގަސްޓް 7, 2024

    ބިލް ތާށިވާންޖެހޭ އެއްވެސްސަބަބެއް ނޯންނާނެ ދިވެހި އެއްވެސް ރައްޔިތަކު އިޒްރޭލުމީހުން ރާއްޖެ އަންނާކައް ނޭދޭނެ އެހެންވީމަ ސަރުކާރުން ބިލް ތާށިވެއްޖެނަމަ ދުރުކޮއްފަ ނެރަފަވެސް އެއައް އަމަލުކުރެވޭނެގޮތް ހަދަންޖެހޭ ބިރުގަންނަން ޖެހޭނީ މާތްﷲ އައް ރިޒުގުފެއްވާނީ އެފަރާތުން އެހެންވީމަ މުސްލިމަކު ބިރުގަންނަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ

  • Abbu Shain އޯގަސްޓް 7, 2024

    Meehaku bunaathi ahun adu ehin thanehge therey fithi fa yooo ethi innee

  • Ibrahim Mohamed އޯގަސްޓް 7, 2024

    Mihaaru mihera verimyha ekameh nukuraane bodu kazzabeh e ee

  • Orchid Maa އޯގަސްޓް 7, 2024

    Muizzu akah nukereyne izrail pp manaa kuraakah. E meehunge ugah vettifa. Biruves ganey

  • Ayyoob Ibrahim އޯގަސްޓް 7, 2024

    Mi sarukar in nubune oei Hama ekani bahakee rizugu libunu othy America, Israel rusae genneve.
    Sunnathun saabith wanee gunuth farulu 5 namaadhu ga kiyan.rayyithun ge loluga adhun alhuwan gunuth kiyanee 2 namaadhu ga.shyie muslimun nawaanee.aa mi meehun meye ga thalhaniko nudhene.😡

  • Sky Hel އޯގަސްޓް 7, 2024

    Ma bunee aharun aanmun ge enmen ekacheh kiyaafa coca cola Pepsi echehi gathumaa fihaara thakah gendhiyun huhtaalanveenu, habaru echehi gavex jahaalabala mi echeh nugannan, mashah vex meeeru coca cola ekamu eygen Israel a dhevey fund ehnu ei

  • Farishath Fathimath އޯގަސްޓް 11, 2024

    Rahyyithun e goth beynun vaathee aadhevenee.Davy rahjjjeyga hunna rahyyithun beynun noon veema nuhurevunu.

Leave a Reply