ނިމާލް އައްޔަންކުރީ މިނިސްޓަރު ފެންވަރުގައި، މުސާރައިގެ ގޮތުގައި 57،000 ލިބޭނެ

ނިމާލް ---

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭގެ) ސީއީއޯގެ މަގާމަށް މުހައްމަދު ނިމާލް އައްޔަން ކުރެއްވީ މިނިސްޓަރު ފެންވަރުގައިކަން ހާމަވެއްޖެ އެވެ.

އެލްޖީއޭގެ ސީއީއޯގެ މަގާމަށް ނިމާލު އައްޔަން ކުރެއްވީ މިދިޔަ ހޯމަ ދުވަހު އެވެ. ނަމަވެސް އޭނާ އައްޔަން ކުރެއްވީ ކޮން ފެންވަރެއްގައި ކަމެއް ރައީސް އޮފީހަކުން ނުބުނެ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަ ގޮތުގައި ނިމާލް އައްޔަން ކުރައްވާފައިވަނީ މިނިސްޓަރު ފެންވަރުގަ އެވެ. އެއީ މިނިސްޓަރު ފެންވަރުގައި އައްޔަން ކުރެއްވި 18 ވަނަ ބޭފުޅާ އެވެ.

މިނިސްޓަރުން ފެންވަރުގެ ބޭފުޅުންނަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހެއްގެ މައްޗަށް 57،000ރ. ލިބިވަޑައިގަންނަވަ އެވެ.

އެހެންކަމުން މިނިސްޓަރު ފެންވަރުގައި މިހާރު އައްޔަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް މަހެއްގެ މައްޗަށް އެއް މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.