ސެޕްޓެމްބަރ 21, 2024

ސަރުކާރުގެ ދައުވަތަކަށް ޖައިޝަންކަރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މާދަމާ ރައްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރަކީ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ކަމަށެވެ.

ޖައިޝަންކަރު ރާއްޖެ ކުރައްވާ ދަތުރުގައި ރާއްޖެއާއި އިންޑިއާގެ ގުޅުމާ ގުޅޭ ގޮތުންނާއި އެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށްވެސް ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެ ދަތުރުގެ ތެރެއިން އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) އާއި އިންޑިއާގެ އެކްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ދަށުން ނިމިފައިވާ މަޝްރޫއުތައް ޖައިޝަންކަރު ރަސްމީކޮށް ހުޅުވައިދެއްވުމަށް އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ ކަމަށެވެ.

އަދި އިންޑިއާގެ ލައިން އޮފް ކްރެޑިޓެއްގެ ދަށުން ހަދަމުންދާ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތްވެސް ޖައިޝަންކަރު ބައްލަވާލައްވާނެ ކަމަށް ބުންޏެވެ.

8 Comments

  • Ahmed Solih އޯގަސްޓް 8, 2024

    India in thanks !!!!!

  • Canadian Jud އޯގަސްޓް 8, 2024

    Neitha vikkaa INDIA OUT T.shirt eh

  • Zahira Hasan އޯގަސްޓް 8, 2024

    Indiya Aut govaba kiyenkuran dhauvathudheni

  • Raaidhu AR އޯގަސްޓް 8, 2024

    Mashah kon balaaeh

  • Umar Hassan Moosa Moosa އޯގަސްޓް 9, 2024

    ގޮރު މޯދީގެ ޕަޕެޓުންނައް ވެގެން މިހާރު ވަށަފަރު ވަގު ހިޔަޅު ކޮއްފައި ނުކުރާނެ ކަމެއް ނޭނގިގެން މިއުޅެނީ

  • Nazima Ageel އޯގަސްޓް 9, 2024

    Varah thaahirenun, raiymahah nuguvaa echehi govaafaa koachakah mivee. India ge faidhashuve

  • Morgan Rex އޯގަސްޓް 9, 2024

    Good

  • Faix Hamidh އޯގަސްޓް 9, 2024

    Hehe

Leave a Reply