ސެޕްޓެމްބަރ 21, 2024

ސަރުކާރުގެ މިސްރާބު ހުރީ މާލީ ހާލަތު ހާމަނުކޮށް ސިއްރުވެރި ދައުލަތެއް ގާއިމުކުރުމަށް: ފައްޔާޒު

މި ސަރުކާރުގެ މިސްރާބު ހުރީ މާލީ ހާލަތު ހާމަކުރުމުގެ ބަދަލުގައި ސިއްރުވެރި ދައުލަތެއް ގާއިމުކުރުމާ ދިމާލަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ބޭންކުތަކާއި މާލީ އިދާރާތަކުގެ ބޯޑުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ ސިޔާސީ މީހުންވެސް ބޭންކުތަކުގެ ބޯޑަށް އައްޔަން ކުރެވޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެނައި އިސްލާހާ ގުޅިގެން ފައްޔާޒް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވެދިޔަ އެއްވެސް ސަރުކާރަކުން އެކަން އެގޮތަށް ކޮށްފައި ނުވަނީ މާލީ ނިޒާމުގެ އިތުބާރު ދަމަހައްޓައި ނަޒާހަތްތެރިކަން ގާއިމުކުރަން ކަމަށެވެ.

ނަމަވެސް މިހާރު ފެނިގެން މިދަނީ މާލީ ނިޒާމު އެތަކެއް އަހަރު ފަހަތައް ޖައްސާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށް ވިދާޅުވި އެވެ.

”މި ސަރުކާރުން މިފެންނަނީ މާލީ ނިޒާމު އެތައް އަހަރުތަކެއް ފަހަތަށް ޖައްސާލާ މަންޒަރު. ދައުލަތުގެ ހިސާބުތަކާއި މާލީ ހާލަތުގެ ރިޕޯޓުތައް ހާމަކުރަން އިންކާރުކޮށް ސިއްރުވެރި ދައުލަތެއް ގާއިމުކުރުމަށް މިސްރާބު ޖަހާފައި ހުރިތަން“ ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަނގަޅު ދުޅަހެޔޮ އިގުތިސޯދެއް ބިނާކުރުމަށް ކަންކަން ހާމަކުރައްވަން ޖެހޭނެ ކަމަށާއި ސަރުކާރެއްވިޔާ ކަންކަން ހާމަކުރުމުގެ ސަބަބުން އަންނަ ފާޑުކިޔުންތައް އަޑުއެހުމުގެ ގާބިލުކަން ހުންނަންވާނެ ކަމަށެވެ.

އެމްއެމްއޭ އިން އަލަށް ގެނައި އިސްލާހުގައި އިތުރަށް ބަޔާންކޮށްފައި ވަނީ ކެބިނެޓު މިނިސްޓަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން އަދި ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ފިޔަވައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ އެހެން ބޭފުޅުން ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް އަދި މާލީ ހިދުމަތް ދޭ ކުންފުނިތަކުގެ ބޯޑަށް އައްޔަންކުރެވޭނެ ކަމަށެވެ.

ގަވާއިދުގައި މީގެ ކުރިން ބަޔާންކޮށްފައި އޮންނަނީ ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް އަދި މާލީ ކުންފުނިތަކުގެ ކޯޕަރޭޓު ގަވަނެންސް ގަވާއިދުގައި އޮންނަ ގޮތުން ސަރުކާރު ނުވަތަ ސަރުކާރުގެ ޑިޕާޓްމަންޓަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ އެއްވެސް މީހަކު ބޭންކު، އިންޝުއަރެންސް ނުވަތަ ފައިނޭންސް ކުންފުންޏެއްގެ ބޯޑަށް އައްޔަން ނުކުރެވޭނެ ކަމަށެވެ.

12 Comments

  • Ahmed Ramxy އޯގަސްޓް 12, 2024

    ކޮބާކައެ؟؟

  • Deon Madhittey އޯގަސްޓް 12, 2024

    Verkamaa hedhi moya vehje.

  • Madheeha Hassan އޯގަސްޓް 12, 2024

    Fayyazu men andhiri dhaulatheh.mifaharu sirru dhaulatheh ujala dhaulatheh anaane dhuvaheh neyge.

  • Abdulla Nasheed އޯގަސްޓް 12, 2024

    Bro men gaumu mihaalathah vahttaalaafai dhen kon vaahakaeh kiyaakah

    • Hajja Mohamed އޯގަސްޓް 12, 2024

      Abdulla Nasheed konhaalathaka vathaalee

  • Yoosuf Mohamed އޯގަސްޓް 12, 2024

    Fayaaz thee ibu yaaeku MDP fundaali meehaa

  • Aishth Shahidhaa އޯގަސްޓް 12, 2024

    އަބަދުވެސް ފިތުނަފަސާދަ

  • Ali Mohamed އޯގަސްޓް 12, 2024

    މިފައްޔާޒު ދައްކާ ތާކުން ތާކުނުޖެހޭ ވާހަކަތައް ލިޔާ ނޫސްތަކުގައި އުޅޭމީހުންގެ ސިކުނޑި ހަމަތޯވެސް ބަލަންވެއްޖެ މިލާދީނީ ގަބީލާގެ މީހުގެ ވެރިކަމުގައޭ ހުރިހާކަމެއް ސިއްރުކޮށް މުޅި ގައުމު ލޫޓްވާލީ މިފައްޔާޒުއަށް ސޯލިބޭ ވެރިކަމުގަ ބަދަލެއްގެ ގޮތުގައި ރައްޔިތުންގެ ބައިތުލް މާލުން 800 މިލިއަން ރުފިޔާދިން މިހާރު އަތުން ގެއްލިގެން ދިޔައެއްޗެއްގެ ބޮޑުކަމުން ފެލި އެއަރުވަނީ

  • Ahmed Ali އޯގަސްޓް 12, 2024

    Dhen thelhi thelhi hurey

  • Ibrahim Hussain އޯގަސްޓް 13, 2024

    Banguroot fayyaz kae anga nugalha kalomen nakah nuviehnun shut up 🤬

  • Reewaad Reewaad އޯގަސްޓް 14, 2024

    ފައްޔާޒުމެން ކަހަލަ ރުނޑިން ދައްކާ ވާހަކަ ގަބޫލް ކުރާނެ މީހަކު މިހާރަކު ނެތް ,,🤣

  • Aly Rayan އޯގަސްޓް 18, 2024

    meena ulhunee oriraan koffavaa dhaulathegga!

Leave a Reply