ސެޕްޓެމްބަރ 21, 2024

ފެނާއި ނަރުދަމާ ތަރައްގީކުރުމަށް ތުރުކީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ރާއްޖޭގެ ފެނާއި ނަރުދަމާގެ ނިޒާމު މިހާރަށްވުރެ ބޮޑަށް ތަރައްގީކުރުމަށްޓަކައި ދިވެހި ސަރުކާރާއި ތުރުކީ ސަރުކާރާއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އޮންލައިންކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމެވެ. ތުރުކީ ސަރުކާރުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އިސްތަންބޫލް ވޯޓާ އެންޑް ސުވަރެޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޖެނެރަލް ޑިރެކްޓަރެވެ.

އެންވަޔަރުމެންޓް މިނިސްޓްރީން މިއަދު ބުނީ އެމްއޯޔޫއަކީ ފެނާއި ނަރުދަމާގެ ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ފަންނީ ތަޖުރިބާ ދެ ގައުމުގެ މެދުގައި ބަދަލުކުރުމަށާއި، އެ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށްޓަކައި ބޭނުންވާ ތަމްރީނު ޕްރޮގްރާމުތައް ހިންގުމަށް ސޮއިކުރި އެމްއޯޔޫއެއް ކަމަށެވެ. އަދި ފެނާއި ނަރުދަމާއާ ގުޅޭ ބައިނަލްއަގުވާމީ ކޮންފަރެންސްތަކުގައ ދެ ގައުމު ގުޅިގެން ބައިވެރިވެ ކުރިއެރުން ހޯދުމުގެ މަގުސަދުގައި ސޮއިކުރި އެމްއޯޔޫއެއް ކަމަށް އެންވަޔަރުމެންޓު މިނިސްޓްރީން ބުންޏެވެ.

އެންވައިރަމެންޓް މިނިސްޓްރީން ބުނީ މި ފަހުމުނާމާއަކީ ފެނާއި ނަރުދަމާގެ ދާއިރާ ތަރައްގީ ކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ފަންނީ ތަޖުރިބާ ބަދަލުކުރުމުގެ މަގްސަދުގައި ވެވޭ ފަހުމުނާމާއެއް ކަމަށެވެ.

މި ފަހުމުނާމާގެ ތެރެއިން މި ދާއިރާއިން މީހުން ތަމްރީނު ކުރުމާއި، ދާއިރާއާ ގުޅޭ ބައިނަލްއަގްވާމީ ކޮންފަރެންސްތަކުގައި ދެ ގައުމު ގުޅިގެން ބައިވެރިވެ، ދާއިރާއަށް ކުރިއެރުން ހޯދުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރާނެ ކަމަށް އެންވައިރަމެންޓް މިނިސްޓްރީން ބުންޏެވެ.

އެ އެމްއޯޔޫގެ ސަބަބުން ފެނާއި ނަރުދަމާގެ ދާއިރާ ތަރައްގީކުރުމަށް ދެ ގައުމު ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެން ދާނެ ކަމަށް ގަބޫލުކުރާ ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން ބުންޏެވެ.