ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެއަށް ގެނައުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާނީ ގަވާއިދާހިލާފަށް މިހާރު އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކޮށް ނިމުމުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތަކާ އެކު އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ގަވާއިދާހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދަނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށެވެ. އަދި ކުރިއަށް އޮތް ތިން އަހަރު ތެރޭ އެ މައްސަލަ އެއްކޮށް ހައްލުކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ރާއްޖެއަށް އެންމެ ގިނައިން ބިދޭސީ މަަސައްކަތްތެރިން ގެންނަ ގައުމަކީ ބަންގްލަދޭޝް ކަމަށެވެ. އެގައުމުން މަސައްކަތްތެރިން ގެނައުން މިހާރު މަނާކޮށްފައިވާތީ ވަޒީފާގެ ބާޒާރަށް ބޭނުންވާ އަދަދަށް މަސައްކަތްތެރިން ނެތުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ބަންގުލަދޭޝްގެ މަސައްކަތްތެރިން ރާއްޖެ ގެނައުން މަނާކުރީ ގަވާއިދާހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ހައްލުނުކޮށް ބޯޑަރު ހުޅުވައިފި ނަމަ އަނެއްކާވެސް ބިދޭސީން ގަވާއިދާހިލާފަށް އުޅެމުންދާ މައްސަލަ އިތުރަށް ފުޅާވެގެންދާނެ ކަމަށް އިހުސާން ވިދާޅުވި އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ގެނެވޭނެ މަގުތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
”އެ މަގުތައް ހޯދި، ރަސްމީކޮށް ހިނގައިގަންނަން ފެށީމާ އަޅުގަނޑުމެން [ބިދޭސީން ގެންނަން] ބޯޑަރުތައް ވެސް ހުޅުވާލާނަން،“ އިހުސާން ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގެ ފެށުމަކީ އެ ބިދޭސީ މީހާ ގަވާއިދާ ހިލާފަށް ރާއްޖެ ގެންނަ ދިވެހި ވިޔަފާރިވެރިޔާ ކަމަށް ކަމަށް އިހުސާން ވިދާޅުވި އެވެ. އެ ވިޔަފާރިވެރިން ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ފަހު އެކަމަށްޓަކައި ބޮޑު އަދަދުތަކުން ބިދޭސީން އަތުން ފައިސާ ނަގައި އެ މީހުން މުޖުތަމައު ތެރެއަށް ދޫކޮށްލާ ކަމަށް އިހުސާން ވިދާޅުވި އެވެ.
އެކަމުގެ ސަބަބުން ބިދޭސީ މީހާގެ އަތުން ގެއްލިގެންދިޔަ ބޮޑު ފައިސާގެ އަދަދާއި ވީ ގެއްލުން ފޫބައްދަން އެ މީހާ އިހުތިޔާރުކުރަން މަޖުބޫރުވަނީ ގަވާއިދާ ހިލާފު މަގުތައް ކަމަށް އިހުސާން ވިދާޅުވި އެވެ.
1 Comment
ގުޅުންހުރި
ސައިކަލެއްގެ މަޑިދަށުން 400،00 ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރިކޮށްފި
އަހުތަރުގެ ހަށިގަނޑު އާއިލާއާ ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހަދައި ނިމުމުން: މިނިސްޓަރު
ބިދޭސީންގެ ކޯޓާ އުވާލައި، އިހުމާލުވުމުން 50،000 ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށް
ބަގާވާތް ކުރަން އުޅުނު މައްސަލަ: ފުލުހުންނަށް އެކަން ޔަގީނެއް ނޫން، ތުހުމަތުވާ
ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުންދިޔަ ބިދޭސީ 3 އަންހެނަކާއި އެ މީހުންގެ އޭޖެންޓް
ސުޒޫ ވެސް ބިއުޓީ ސެލޫން ހިންގަމުން އައީ ގަވާއިދާ ހިލާފަށް، ޑީޕޯޓް