އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި އަބްދުﷲ ޒިޔާދު އެ މަގާމުން ވަކިކޮށް އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ބަދަލުކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ބޯޑުން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެމްޓީސީސީގެ ސީއީއޯގެ މަގާމުން ޒިޔާދު ވަކިކުރައްވާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޒިޔާދު އެ މަގާމުން ވަކިކުރުމަށްފަހު ވަނީ އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ދީފަ އެވެ.
ޒިޔާދު އެމްޓީސީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރެއްވީ 2023 ނޮވެމްބަރު 28 ގަ އެވެ. އޭނާ ވަނީ މީގެ ކުރިން ހައުސިން މިނިސްޓްރީގެ އިންޖީނިއަރެއްގެ މަގަމާއި އެންވަޔަރުމެންޓް މިނިސްޓްރީގެ އިންޖީނިއަރެއްގެ މަގާމު އަދާ ކުރައްވައިފަ އެވެ. އަދި ވަނީ ސްޓޭޓް މިނިސްޓްރުގެ މަގާމުގެ ވެސް އަދާ ކުރައްވައިފަ އެވެ.

ގުޅުންހުރި
އެމްއޭސީއެލް މުވައްޒަފުންނަށް މި އަހަރުވެސް ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ
ދިޔަމިގިލި، މަޑިފުށި އަދި އުފުރިޔާ ކޯޒްވޭއަކުން ގުޅާލަނީ، ރައީސް ވައުދުވީ ދޮޅު
ދިއްގަރު ފުލެޓް މަޝްރޫއުގެ ބިންގާ އެޅިތާ ދޮޅު އަހަރު، ރައީސް ވިދާޅުވީ
މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެންމެ ބޮޑު ފައިދާއެއް ލިބުނީ ބީއެމްއެލް
މަސްވެރިކަން ޕްރޮމޯޓް ކުރާ ކުންފުންޏަށް އާ އެމްޑީއެއް
ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަންކޮށްފި