މޯލްޑިވްސް ފުޑް އެންޑު ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އުވާލުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު، ހަމަ އެ ނަމުގައި އާ އިދާރާއެއް އުފައްދައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އަލަށް އުފެއްދި އިދާރާއަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން އުފެއްދި އިދާރާއެއް ކަމަށެވެ. އެއިދާރާއަކީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް އުފެއްދި އިދާރާއެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އާ އެމްއެފްޑީއޭ އުފެއްދުމުގެ ސަބަބުން މީގެ ކުރިން އޮންނަ އެމްއެފްޑީއޭ މިހާރު ވަނީ އުވިފަ އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގައިވާ ގޮތުން އެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ އެމްއެފްޑީއޭ އުފެއްދުމާއެކު، ކުރިން ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުންއައި އެމްއެފްޑީއޭ ހުރިހާ މަސްއޫލިއްޔަތުތަކާއި ވަޖީބުތަކާއި، މުދަލާއި، ސަރުކާރުގެ ބަޖެޓުން އެ އިދާރާއަށް ހަމަޖައްސާ ބަޖެޓު އަދި ގާނޫނީ ގޮތުން ލިބިގެންވާ ހުރިހާ ހައްގުތަކެއް އަލަށް އުފައްދާ އެމްއެފްޑީއޭއަށް ބަދަލުވެގެންދާނެ އެވެ.
އަލަށް އުފެއްދި އެމްއެފްޑީއޭގެ ކަންކަމާ ގުޅިގެން ޖަވާބުދާރީވާނެ ފަރާތަކީ ހެލްތު މިނިސްޓަރުގެ މަގާމުގައި އެއިރަކު ހުންނަވާ ފަރާތެއް ކަމަށް ގާނުނުގައި ބަޔާންކޮށްފައިވެ އެވެ.

ގުޅުންހުރި
މިނިވަން ދުވަސް ފާހަގަކުރަން 28 ޖުލައި ބަންދުކޮށްފި
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށުގެ މީހުންނަށް ފައިސާގެ އިނާމެއް ދެނީ
ޔުމްނު ވެއްޓުން: ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
މިއަދު މި ދެކެނީ މާ އުފާވެރި ވެރިކަމެއް: ނާޒިމް
އިޒްރޭލުން އިރާނަށް ދިން ހަމަލާތައް ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި
ސީޕީގެ މަގާމަށް ނަވީން އައްޔަންކޮށްފި