ރާއްޖެއަށް ބޭނުންވާ ޑޮލަރު ހޯދައި، ޑޮލަރު ރިޒާވް އިތުރުކުރާނީ ރައްޔިތުންނަށް އެއްވެސް ބުރައެއް އުފުލަން ނުޖެހޭނެ ގޮތަކަށް ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަފީގު ވިދާޅުވީ ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކުން ޑޮލަރު މުއާމަލާތް ނުކުރެވޭނެ ގޮތަށް ހެދީ އެކަން ކުރަންޖެހޭ އެންމެ ރަނގަޅު ގޮތަށް ނޫން ކަމަށާއި އެފަދަ ނިންމުމެއް ނިންމާކަން ދުރާލާއި އަންގަންވާނެ ކަމަށެވެ.
ނަމަވެސް ރާއްޖެ އިން ޑޮލަރަށް ބަރޯސާވެފައި އޮތް މިންވަރު މިހާރު ބޮޑުތަނުން އިތުރުވެ، ރާއްޖެ އިން ގިނަ އަދަދެއްގެ ޑޮލަރު ބޭރުވަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ބީއެމްއެލްގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ވިދާޅުވި އެވެ.
އަދި އެ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރާއެކު ވަރަށް ގިނަ ފަހަރު މަޝްވަރާ ކޮށްފައިވާ ކަމަށް ޝަފީގު ވިދާޅުވި އެވެ.
”ބީއެމްއެލް އަށް ސަޕޯޓް އެބަ ބޭނުންވޭ. އަޅުގަނޑުމެން ސެންޓްރަލް ބޭންކާއެކު މި ވާހަކަދައްކަނީ ކޮން ކަހަލަ ސަޕޯޓެއްތޯ ދެވޭނީ. މީގައި ހުރި ސޮލިއުޝަންތަކަކީ ކޮބައިތޯ؟ އެ ކޮށްދެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ފެސިލިޓޭޓް ކޮށްދޭނަމޭ އެ ކޮށްދޭއިރު ސެންޓްރަލް ބޭންކާއެކު އަޅުގަނޑުމެން މަޝްވަރާ ކުރަންޖެހޭ،“ ޝަފީގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖެއަށް ލިބޭ ޑޮލަރު އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖެއަށް ޑޮލަރުން އާމްދަނީ ލިބޭ ގޮތްތައް އިތުރުކުރެވޭތޯ މަސައްކަތް ކުރައްވާ ކަމަށާއި އެގޮތުން އެންމެ އަވަހަށް ޑޮލަރު އިތުރު ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ކެބިނެޓުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އެ މަޝްވަރާތަކަށްފަހު ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން އިންކަމް ޓެކްސްއާއި ޕެންޝަން އަދި ކަސްޓަމްސް ޑިއުޓީ ޑޮލަރުން ނެގުމަށް ގާނޫނުތަކަށް ބަދަލު ގެންނަން ކެބިނެޓުން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑުމެން މި ބަލަނީ ޑޮލަރު ރިޒާވް އިތުރު ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ޑޮލަރު އިތުރު ކުރެވޭނެ ގޮތްތަކެއް ހޯދަން. ރައްޔިތުންނަށް އޭގެ އަސަރު އެންމެ ނުކުރާ ގޮތަކަށް ރައްޔިތުންނަށް ބުރައެއް އުފުލަން ނުޖެހޭ ގޮތަށް ޑޮލަރު އިން ފްލޯއެއް އިތުރު ކުރެވޭނީ ކިހިނެއްތޯ އަޅުގަނޑުމެން ބަލާނަން“ ޝަފީގު ވިދާޅުވި އެވެ.
ގުޅުންހުރި
މުއްސަނދިންނަށް، އެންސްޕާގެ އެހީ ދޭނީ އިންޓްރެސްޓް ފްރީ ލޯނެއްގެ ގޮތުގައި
ތަނަވަސް މީހުންނަށް މުސްކުޅިންގެ ޕެންޝަން ނުލިބޭ ގޮތަށް ހަދަނީ
5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖަޓެއް ހުށަހަޅައިފި
މިދިޔަ ވެރިކަމުގައި ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންކަމަށް ޖަވާބުދާރީވާން ޖެހޭނެ: ނައިބު
ބީލަމަށް މަކަރުހަދާ ފަރާތްތަކަށް ފިޔަވަޅު އަޅާ އުސޫލު އާންމުކޮށްފި
ބަޖެޓުން ހަރަދުކުރި ދެ ބިލިއަން ރުފިޔާގެ ރިކޯޑެއް ނެތް، އިހުމާލުވި މީހުންނަށް