ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު މޯލްޑިވްސް އިމިގްރޭޝަނުން ޑީޕޯޓް ކޮށްލައިފި އެވެ.
އިމިގްރޭޝަނުން ބުނީ، އެ މީހުން އަތުލައިގަތީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއެކު ދެ އިދާރާ ގުޅިގެން 11 އޮގަސްޓް 2024 ގައި ހިންގި ހާއްސަ އިންސްޕެކްޝަނެއްގައި ކަމަށެވެ.
އެގޮތުން ހަށިވިއްކުމުގައި ޝާމިލުވާ ބިދޭސީ ތިން އަންހެނުންނާއި އެ މީހުންގެ އެޖެންޓުގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ފިރިހެނަކު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްލާފައިވާ ކަމަށް ބުންޏެވެ.
އެ މީހުންގެ ތެރެއިން އެއް އަންހެނަކު ޑީޕޯޓް ކޮށްލީ މި މަހުގެ 12 ވަނަ ދުވަހުއެވެ. ބާކީ ތިބި ދެ އަންހެނުން މި މަހުގެ 19 ވަނަ ދުވަހު ޑީޕޯޓްކޮށްލި އިރު، އެ މީހުންގެ އެޖެންޓް ޑީޕޯޓްކޮށްލީ މިދިޔަ އާދީއްތަ ދުވަހު އެވެ.



