ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކާއި އެމްބަސީތައް ކައިރިއަށް ގޮސް އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް މެދުކެނޑުމެއް ނެތި އިހުތިޖާޖުކޮށް އަޑު އުފުލަމުންދިޔަ އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒުރާ އިބްރާހިމް ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
އޭގެ ތެރެއިން ޝާދިޔާއަކީ ޝައިހް ޑރ. މުހައްމަދު އިޔާޒްގެ އަނބިކަނބަލުންނެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސުލްހަވެރި ކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފުވެފައިވާތީ ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކުރީ މިޝަންތަކުގެ ކައިރިއަށް އެއްވެ އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭލަވައި ބޭއަދަބީ ބަހުން މުއާމަލާތް ކޮށްފައިވާތީ ކަމަށެވެ.
އަދި ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތްތަކަށް ހުރަސް އަޅައި، ވަކި ސަފީރަކަށް އުނދަގޫ ކުރުމުގެ އަމަލުތަކެއް އެ ދެ މީހުން ހިންގާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ނަމަވެސް, ފުލުހުން އެ ދެ އަންހެނުން އުނދަގޫކުރީ ކޮން ސަފީރަކަށް ކަމެއް އަދި ކޮން ޑިޕްލޮމެޓިކް މިޝަންތަކަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން އިތުރަށް ބުނީ، އެ ދެ މީހުން ފުލުހުންގެ ވާޖިބު އަދާކުރުމަށްވެސް ހުރަސް އަޅާފައިވާ ކަމަށެވެ. އަދި މި އަމަލުތަކާ ގުޅިގެން އެ ދެ އަންހެނުންނަށް އެގޮތަށް އަމަލު ނުކުރުމަށް އެކި ފަހަރު މަތިން ނަސޭހަތްދީފައިވާނެ ކަމަށް ވެސް ބުންޏެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުން ކުރުމުގައި، ސުލްހަވެރި ކަމާއެކު އެއްވެސް އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށް ހުރިހާ މީހުންނަށް އިލްތިމާސްކޮށްފަ އެވެ.




ގުޅުންހުރި
15,000 ރުފިޔާ ދޭނަމޭ ބުނުމުން ހަވާލުވި ލަގެޖުގައި ޑުރަގް!
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ
281 ބަނގުރާ ފުޅި އާއެކު ބަނގުރާ ވިއްކާ ބޮޑުންތަކެއް ހައްޔަރުކޮށްފި
އައްޑޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ދެމަފިރިން!